28 Feb 2017, 17:36
ސްރީލަންކާގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދިވެހި ދަރިވަރަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ސްރީލަންކާގެ ދެހިވަލަގެ އެމެރިކަން ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގައި ތައުލީމު ހާސިލުކުރަމުން އަންނަ، އުމުރުން 18 އަހަރުގެ މުހައްމަދު ޝައްމާޚެވެ.
ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު ހީނާ ވަލީދު "ސަން" އަށް ވިދާޅުވި ގޮތުގައި، ޝައްމާޚް ގެއްލިގެން ހޯދަމުންދާ ކަމުގެ މައުލޫމާތު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިއަދު ވަނީ ލިބިފައެވެ. އަދި އޭނާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ސްރީލަންކާގެ ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އެމްބަސީން ވެސް ކުރަމުން އަންނަ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ޝައްމާޚާ ގުޅޭ މައުލޫމާތު "ސަން"އާ ހިއްސާކުރުމަށް އޭނާގެ އާއިލާއިން ވަނީ ދެކޮޅު ހަދައިފައެވެ. ނަމަވެސް އޭނާގެ އާއިލާއާ ހަވާލައިދީ، އެހެން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުން، ފެބްރުއަރީ 21 ވަނަ ދުވަހުގެ ރޭ ޝައްމާޚު ގޭގައި އުޅުނެވެ. ނަމަވެސް 22 ވަނަ ދުވަހުގެ ހެނދުނުން ފަށައިގެން އޭނާ ގޭގައި ނޫޅޭ ކަމަށާއި، އޭނާގެ ޚަބަރެއް ނުވެގެން ހޯދަން ފެށީ އޭގެ ފަހުން ކަމަށެވެ.
އަށާރަ އަހަރުގެ ޒުވާނަކު ލަންކާގައި ގެއްލިފައިވާ އިރު، މިދިޔަ ހަފްތާގެ ބުދަ ދުވަހު އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވެ. ނަމަވެސް އެދުވަހުގެ ތެރޭގައި