29 Jun 2011, 23:03
ރޭ ފަތިހު މާބްލް ހޮޓަލުގެ ކައުޓަރުގައި އިން މީހާއަށް ތޫނި ހަތިޔާރުން ބިރުދެއްކުމަށް ފަހު ފޭރިގަތް އެ ހޮޓަލުގެ ތިޖޫރީ ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލު އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުންނަށް ލިބުނު ރިޕޯޓާ ގުޅިގެން ހޯދަމުން ދަނިކޮށް އެ ތިޖުރީ މިއަދު ހަވީރުގެ ވަގުތެއްގައި ހެންވޭރު ގެއެއްގެ ތެރޭގައި ހުއްޓާ ފުލުހުން ހޯދާފައިވާ ކަމަށެވެ. އިތުރު އެއްވެސް އިތުރު ތަފުސީލެއް ނުދެއްވައި ޝިޔާމް ވިދާޅުވީ އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މާފަންނު ކޮޅުގައި ހިންގާ މާބްލްއަށް ރޭ ފަތިހު ފޭރޭ މީހުން ވަދެ، ތިޖޫރީ އާއި އަގުބޮޑު އެހެނިހެން ސާމާނު ވަނީ ގެންގޮސްފަ އެވެ. އެ ތިޖުރީގައި ގިނަ އަދަދެއްގައި ފައިސާ ހުރި ކަމަށް ވެއެވެ.
މިކަމާ ގުޅިގެން މާބްއިލް ބުނީ މިވަގުތު އިންޓަވިއު ދޭން ބޭނުން ނުވާ ކަމަށެވެ.