28 Feb 2017, 12:16
ހުޅުމާލޭ ރޯހައުސްއެއްގެ ފުރަތަމަ ފަންގިފިލާއިން ކުޑަކުއްޖެއް ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިއަދު 10:00 ޖަހާކަންހާއިރު ހިނގި އެހާދިސާގައި ރޯހައުސްގެ އެއް ވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކުއްޖާއަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި މިހާރު ފަރުވާއަށްފަހު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
އެކަން ހިނގި ގޮތް ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.