Back
Nov 23, 2025 SUN
SUN

ބޭސްފަރުވާއަށްފަހު މަހުލޫފް ރާއްޖެ ވަޑައިގެންފި

ބޭސްފަރުވާއަށްފަހު މަހުލޫފް ރާއްޖެ ވަޑައިގެންފި
Lead photo

މިމަހުގެ 21 ވަނަ ދުވަހު ބޭސްފަރުވާ އަށް އިންޑިއާގެ ބެންގަލޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ރާއްޖެ ވަޑައިގެންފި އެވެ.

މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް "ސަން"އަށް މިރޭ ވިދާޅުވީ އޭނާ ރާއްޖެ ވަޑައިގަތީ މިރޭ 7:30 އެހައިކަންހާއިރު ކަމަށެވެ.

"މިހާރު މަހުލޫފް ވަނީ ކަރެކްޝަނަލް ސާވިސް އިން ޖަލަށް ބަދަލުކޮށްފައި،" ނަޒްރާ ވިދާޅުވިއެވެ.

މިއީ މަހުލޫފް ބޭސްފަރުވާއަށް އިންޑިއާއަށް ކުރެއްވި ދެ ވަނަ ދަތުރުފުޅެވެ. އެލާޖިކް މައްސަލައެއްގައި ހަ މަހަށް ފަރުވާ ހޯއްދެވުމަށް އެންމެ ފުރަތަމަ އޭނާ ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ބޭސްފަރުވާ ނިންމަވާލެއްވުމަށްފަހު ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ އެނބުރި ވަޑައިގެންފައެވެ.

ނަޒްރާ ވިދާޅުވީ އަންނަ މަހުގެ ދެވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމަށް ބެންގަލޫރުން މަހުލޫފް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށެވެ.

"އެހެންވީމަ އަންނަ މަހު ވެސް އަނެއްކާ އިންޑިއާއަށް ދާންޖެހޭ،" ނަޒްރާ ވިދާޅުވިއެވެ.

ކޮންމެ މަހަކު ވެސް މަދުވެގެން ތިން އިންޖެކްޝަން ޖަހަންޖެހޭ ކަމަށް ޑޮކްޓަރު އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ އެއް މައްސަލަ ސާބިތުވެ އެއް މައްސަލާގައި ހަ މަހަށް އަދި އަނެއް މައްސަލާގައި ހަތަރު މަހަށް މަހުލޫފު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެ ދެ ހުކުމް ތަންފީޒުކޮށް ނިމޭނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics