ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި އެ މުބާރާތުގެ ތަށި އިމިގްރޭޝަނުން މިލްކު ކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މި މުބާރާތުގެ ތަށި މިފަހަރު ގެންދިޔައީ ފައިނަލުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިި މެޗުގައި އިމިގްރޭޝަނުގެ ހުނަރުވެރި ކުޅުންތެރީންގެ ކިބައިން މޮޅު ކުޅުމެއްް ވަނީ ފެނިގެންގޮސްފައެވެ. މި މެޗު އިމިގްރޭޝަނުން ކާމިޔާބުކުރީ 30-13 ޕޮއިންޓުނެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކީ މި މުބަރަތުަގައި މޮޅު ކުޅުމެއް ދެއްކި ފަދުވާ ޒާހިރެވެ.

މުބާރާތުގެ ގަދަ ހަތް ކުޅުންތެރިން

  • މަރިޔަމް މިރްފަތް - އިމިގްރޭޝަން

  • ނަޝްފާ އާމިރާ - އިމިގްރޭޝަން
  • ފަދުވާ ޒާހިރު - އިމިގްރޭޝަން
  • ލަޔާން އަލީ ރަޝީދު - އެމްސީއެސް
  • އައިމިނަތު ހަލީމް -އެމްސީއެސް
  • އައިމިނަތު ނަޒްރާ- އެމްސީއެސް
  • އީމާ އަބްދުއް ސައްތާރު - އެމްއޭސީއެލް