26 Feb 2017, 14:47
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލާގަނެފައި ހުރި ގިނަ އަދަދެއްގެ ބަގުރާ ނައްތާލައިފި އެވެ.
ފުލުސް އޮފީހުން ބުނީ ދޫނިދޫގައި އިއްޔެ ނައްތާލާފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން މިމަހުގެ ކުރީކޮޅުގައި ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއްގެ ތެރެއިން އަތުލައިގެންފައިވާ ގިނަ ޢަދަދައްގެ ބަނގުރާ ކަމަށެވެ.
ބިދޭސީންގެ ބަޔަކު ބަނގުރާ އުފައްދާކަމަށް ރިޕޯޓްކޮށްގެން އެގެއިން ވަނީ 500 އެމްއެލްގެ 40 ފުޅިއާއި ފަސް ލީޓަރުގެ ހަތަރު ފުޅީގެ އިތުރުން 20 ޓައްޕުގައި ހުރި ބަގުރާ އަތުލައިގަނެފަ އެވެ. ތަހްގީގަށް ބޭނުންވާ ސާމްޕަލްސް ނެގުމަށް ފަހު ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓްގެ ހާޒުރުގައި އެހުރިހާ ބަގުރަލެއް އިއްޔެ ނައްތާލާފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ.
އެތަކެތި ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.