ޖަރުމަންގައި މިހާރު ކުރިއަށްދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި ރޭ 1-2 ލަނޑުން ނިއުޒިލެންޑް ބަލިކޮށް ޖަޕާން ފެށުން ރަގަޅު ކޮށްފި އެވެ.

މެޗުގެ ފުރަތަމަ ގޯލް ހަ ވަނަ މިނިޓުގައި ޖަޕާނަށް ކާމިޔާބުކޮށްދިނީ ޔުކީ ނަގަސާޓޯ އެވެ. އޭގެ ހަ މިނިޓް ފަހުން ނިއުޒިލެންޑްގެ އެމްބާ ހާން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ޖަޕާން މޮޅުކޮށްދިނީ 68 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން އަޔާ މިޔާމާ އެވެ.

މީގެއިތުން މިގުރޫޕްގެ ދެވަނަ މެޗުގައި އިއްޔެ އިންގްލޭންޑާއި ބައްދަލުކޮށް މެކްސިކޯވަނީ 1-1 ލަނޑުން އެއްވަރުވެފަ އެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ގުރޫޕް ޑީގެ ދެ މެޗެވެ. ފުރަތަމަ މެޗު ރާއްޖޭ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު ބައްދަލުކުރާނީ ބްރެޒިލާއި އާއި އޮސްޓްރޭލިޔާ އެވެ. މިރޭ 9:15 މެޗުގައި ކުޅޭނީ ނޯވޭ އާއި އިކްއެޓޯރިއަލް ގިނީގެ އެވެ.