14:30


މ. ކޮޅުފުށިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓަކުން ކަނޑަށް ފުންމާލި ބަންގްލަދޭޝް މީހާ އެއަތޮޅު މުލީ ކައިރީ އޮންނަ ފަޅުރަށެއްގެ ފަޅުތެރޭގައި ދިރިއޮއްވާ ފެނިއްޖެ އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހާ ފެނިފައިވަނީ އެފަޅުރަށުގެ ފަޅުތެރެގައި އޮތް ހަމެއްގެ މަތީގައި އޮއްވާ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމުން މިހާރު އޭނާއަށް ކޮޅުފުށި ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


ފުނަމާ ނަމަކަށް ކިޔާ އެބޯޓުގެ ކެޕްޓަން އަބުދުލް މުހުސިން ބުނީ ކުރޮލި ކަނޑަށް އެ މީހާ ފުންމާލީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. އަދި އޭނާ ފުންމާލީ އެ ބޯޓަށް ރާޅު އަރަން ފެށުމުން، ބޯޓު އަޑިއަށް ހިނގައިދާނެ ކަމަށް ލަފާކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.


މިހާރު މި ގެނެސްދެނީ މިއަދު ހެނދުނު 11:10 ގައި ގެނައި ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ފުނަމާ ބޯޓުގެ ކެޕްޓަން އަބުދުލް މުހުސިން ދީފައިވާ އިންޓަވިއުއެކެވެ.