ފުރަތަމަ ދަރިފުޅު، ތައިމުރު ވިހެއުމަށް ފަހު، ބޮލީވުޑުގެ ކުޅަދާނަ ބަތަލާ ކަރީނާ ކަޕޫރު ޚާން އަލުން މަސައްކަތަށް ނުކުމެއްޖެ އެވެ.

ކަރީނާ ވިހައިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ ދެ މަސް ފަހުން ކަރީނާ މިހާރު އަލުން މަސައްކަތާ ގުޅިފައި ވާއިރު، ކަރީނާ ވަނީ ބަނޑުބޮޑު ދުވަސްވަރު ވެސް މަސައްކަތް ކޮށްފަ އެވެ.

މެހެބޫބު ސްޓޫޑިއޯ ގައި ކަރީނާ ނަގާފައިވާ ފޮޓޯތަކެއް މިހާރު އާންމުވެފައިވާ އިރު، ވިހެއުމަށް ފަހު ކަރީނާ އެންމެ ފުރަތަމަ މަސައްކަތް ކުރަމުން އަންނަނީ ގަހަނާ އިޝްތިހާރެއްގަ އެވެ. ޝޫޓިންގް އަށް ގޮސް ކަރީނާ ވަނީ ކްރޫ އާއެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ.

ވިހެއުމުގެ ކުރިން ކަރީނާ ވަނީ ވިހެއުމަށް ފަހު މަހެއްހާ ދުވަހުގެ ތެރޭގައި އަލުން މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ.

ކަރީނާ ދެން އަވަހަށް މަސައްކަތް ފަށާނީ 'ވީރޭ ދީ ވެޑިންގް' ގަ އެވެ. އެއީ ވިހެއުމަށް ފަހު އޭނާ ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.