އަންނަ މެއި މަހުގެ ތެރޭގައި ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަސް ވަނަ އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އަންނަ މެއި މަހުގެ 18 އިން 28 އަށް އިސްތަންބޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ މުބާރާތުގައި ހިމެނޭ ގޮފިތަކުން ދެ ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އޭގެން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރިވެވޭނީ އެކަކަށް ކަމަށް ވެސް އެ މަރުކަޒުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ދައުވަތު ލިބިފައިވާ ކެޓަގަރީތައް

  • ތިލާވާ (މުޅި ޤުރްއާން) ތަޖުވީދުގެ ހަމަތަކާ އެކު
  • ހިފްޒު (މުޅި ޤުރްއާން) ތަޖުވީދުގެ ހަމަތަކާ އެކު

ބައިވެރިވުމުގެ ޝަރުތު

  • އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނަކު ކަމުގައިވުން
  • އިންޓަނޭޝަނަލް މުބާރާތެއްގައި ބައިވެރިވެފައިވާ ކެޓަގަރީގައި 1 ވަނަ ހޯދާފައި ނުވުން
  • އިސްލާމީ ދުނިޔޭގައި މަޝްހޫރު ގާރީއެއްކަމުގައި ނުވުން

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ، އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ބައިވެރިވުން އެދި އެ މަރުކަޒަށް ސިޓީ އަދި ވަނަވަރު ފޮނުއްވުން އެދޭ ކަމަށެވެ.

ތުރުކީގައި ބާއްވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލާފައިވާ އިރު، މި އަހަރުގެ ރަމަޟާންމަހު ި ވެސް ބައިވެރިވާން ޝައުގުވެރިވާ ގުރުއާން ހިތުދަސް ދިވެހި ހާފިޒުންނަށް ވެސް އެ މަރުކަޒުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.