24 Feb 2017, 20:48
ބަނގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ސެމީފައިނަލުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސްކުލަބު ނޭޕާލުގެ މަނަންގ މާޝިޔަންގައި އާ ދެކޮޅަށް ކުޅެން ޖެހިއްޖެއެވެ.
މަނަންގ މާޝިޔަންގައި މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ސެމީފައިނަލުގައި ލައްވާލީ ގޯލްގެ ތަފާތުންނެވެ. މިއަދު ކުޅުނު މެޗުގައި މަނަންގ މާޝިޔަންގައިއާ ޗިޓިގޮންގް އަބަހާނީއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.
ޓީސީއާއި މަނަންގ މާޝިޔަންގައި ކުޅޭ ސެމީފައިނަލު މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ރާއްޖޭ ގަޑިން އިރާކޮޅު 7:30 ގައެވެ.
މި މުބަރާތުގެ ދެވަަނަސެމީ ފަައިނަލު އޮންނާނީ އަންނަ ހޯމަދުވަހުއެވެ. މި މެޗުގައި ވާދަކުރާނީ ގުރޫޕް "އޭ"ގެ ދެވަނަ އެފްސީ ޕޮޗިއޮންއާއި ގްރޫޕް ބީގެ އެއްވަނަ ޗިޓަގޮންގ އަބަހާނީއެވެ.