Last Updated:
9 year 9 month ago

މާލޭ ލީގު (ފުލްޓައިމް): މާޒިޔާ 1-0 އީގަލްސް

    ބުލޮގު ޚުލާސާ

    މާލޭ ލީގުގެ ފުރަތަމަ މެޗުގައި ކްލަބު އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރާ މެޗުގެ ލައިވް ކަވަރޭޖެ.

    17:59

    މެޗު ނިމިގެންދިޔައީ 1-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެން.

    17:59

    މެޗުގެ ކުޅުން ނިމިއްޖެ.

    17:57

    އީގަލްސްއަށް ފުރުސަތެއް. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން މަހުމޫދު ސައީދު ބޮލުން ފޮނުވާލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.

    17:55

    އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓް ދައްކައިފި.

    17:54

    '89- މާޒިޔާއަށް ފުރުސަތެއް. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އަސައްކޮ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

    17:46

    '82- އީގަލްސްއިން ބަދަލެއް. ޑޮނަވަންގެ ބަދަލުގައި ކުޅެން ނުކުތީ މަހްމޫދު ސައީދު މުހައްމަދު.

    17:43

    '78- އީގަލްސްއިން ބަދަލެއް. އަންސަރުގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުﷲ ސަމީހު މޫސާ.

    17:37

    '72- މާޒިޔާއަށް ފުރުސަތެއް. އަސައްކޮ ދިން ބޯޅައަކުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރަކިޗް އުފެއްދި ހަމަލާ، ޑިފެންޑަރު މުހައްމަދު މަގުދީ ފައިގައި ޖެހި ވަނީ ބްލޮކްވެފަ.

    17:33

    '68- މާޒިޔާއަށް ހުސް ފުރުސަތެއް. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަސަދުﷲ އުފެއްދި ހަމަލާ، ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ.

    17:32

    '67- އީގަލްސްއަށް ފުރުސަތެއް. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ރާއިފް އުފެއްދި ހަމަލާ، ހަމަލާ އަމާޒުވީ ކީޕަރު މަޓިއާޝްގެ އަތަށް.

    17:28

    '63- އީގަލްސްއިން ބަދަލެއް. ނައުފަލްގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ރާއިފް އަހްމަދު.

    17:26

    '61- މާޒިޔާއިން ބަދަލެއް. ޔަސްފާދުގެ ބަދަލުގައި ކުޅެން ނުކުތީ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ).

    17:23

    '59- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން މުބީން އުފެއްދި ހަމަލާ ކީޕަރު ޕަވެލް މަޓިއާޝް މަތަކޮށްފި. މުބީން ހަމަލާގައި ބާރެއް ނެތް.

    17:19

    '54- އީގަލްސްގެ ޑޮނަވަންއަށް ފުރުސަތެއް. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި.

    17:17

    '52-މާޒިޔާއިން ލީޑު ހޯދައިފި.ކައުންޓާ އެޓޭކެއްގައި އުމައިރު ދިން ބޯޅައަކުން މާޒިޔާއަށް އެލަނޑު ކާމިޔާބުކޮށްދިނީ އަސަދުﷲ. އޭނާ ވަނީ ވަރަށް ފަސޭހަކަމާއެކު ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި.

    17:16

    '51- އީގަލްސްއަށް ހުސް ފުރުސަތެއް. މުބީން ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަންސަރު އުފެއްދި ހަމަލާ، އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

    17:10

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އީގަލްސްއިން.

    17:09

    ދެވަނަ ހާފަށް މާޒިޔާއިން ނުކުތީ ބަދަލަކާއެކު. އަހްމަދު އިމާޒްގެ ބަދަލުގައި ކުޅެން ނުކުތީ ސަމޫހު އަލީ.

    16:52

    ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. އެއް ޓީމަކަށްވެސް ލަނޑެއް ނުޖެހޭ.

    16:52

    ފުރަތަމަ ހާފްގެ 45 މިނިޓްގެ ކުޅުން ހަމަވެއްޖެ މިހާރު ކުރިއަށް ދަނީ އިތުރު ވަގުތުގެ އެއް މިނިޓްގެ ކުޅުން.

    16:50

    "44 - އީގަލްސްގެ މުޖްތާޒަށް ރީނދޫ ކާޑެއް. ކާޑު ދެއްކީ، މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އަސްހަދު އަލީއަށް ފައުލު ކުރުމުން.

    16:43

    "37- މާޒިޔާގެ ހަމަލާއެއް. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ރަކިޗް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    16:41

    "35 - އީގަލްސް އިން ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކޮށްފި. މާޒިޔާގެ ޕެނަލްޓީ އޭރީޔާ ބޭރުން ރިހާމް ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ޑޮނޮވަންއަށް ޖައްސާލި ބޯޅަ އޭނާ ފޮނުވާލަން އުޅުމުގެ ތެރޭގައި މާޒިޔާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު.

    16:39

    ޝިފާއު ކުރިއަށް ފޮނުވާލި ބޯޅަ ގޯލަށް އަމާޒު ނުވެ މާމަތިން ބޭރަށް.

    16:38

    "32 - މާޒިޔާގެ ހާފްގެ މެދެއްހާ ހިސާބުން އެޓީމުގެ ރަކިޗް އީގަލްސްގެ ނައުފަލަށް ފައުލުކުރުމުން އީގަލްސްއަށް ހިލޭ ޖެހުމެއް.

    16:32

    އެފްއޭއެމުން މުޅިން އަލަށް ތައާރަފްކުރި މާލޭ ލީގުގައި ޖުމްލަ އަށް ޓީމު ވާދަ ކުރާއިރު، މި ލީގުގައި ދެ ބުރު ކުޅުމަށްފަހު ގަދަ ހަތަރު ޓީމު ކޮލިފައިވާނީ ދިވެހި ޕްރިމިއާ ލީގަށް. މި ހަތަރު ޓީމާއެކު ދިވެހި ޕްރިމިއާ ލީގުގައި ދެން ވާދަ ކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު.

    16:27

    "21 - ރަކިޗް އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ގޯލަށް ބޯޅަ ފޮނުވާލަން މަސައްކަތްކުރި ނަމަވެސް، އީގަލްސްގެ ތިން ކުޅުންތެރީން ވެގެން އެ ބޯޅަ ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލީ.

    16:16

    މެޗުގެ ފުރަތަމަ 10 ވަރަކަށް މިނިޓް ކުޅުން ނިމިގެން ދިޔަ އިރު އަދި އެއްވެސް ޓީމަކަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް ނުލިބޭ.

    16:07

    މެޗު ފެށީ މާޒިޔާއިން

    16:06

    މެޗު ފަށައިފި.

    16:06

    އީގަލްސްގެ ފުރަތަމަ 11:

    • ޝިފާއު
    • މުބީން
    • އިމްރާން (ކެޕްޓަން)
    • ޑޮނޮވަން
    • ރިހާމް
    • މުޖްތާޒް
    • އަންސަރު
    • ނައުފަލް
    • ސުޖަން
    • ޒާދު
    • ހުސްނީ
    16:05

    މާޒިޔާގެ ފުރަތަމަ 11:

    • ކޮވަސެވިޗް
    • އަމްދާން
    • ކޯޑަސް
    • އިމާޒް
    • އަސަދުﷲ (ކެޕްޓަން)
    • ރަކިޗް
    • އަސްހަދު އަލީ
    • ޔަޝްފާދު
    • ގާސިމް ސަމްމާމް
    • މަޓިއެޝް
    • އުމޭރު