ރާއްޖެ އިސްތިހާރު ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އިސްނަގައިގެން ސޯޝަލް މީޑިއާގައި ބިޔަ ކެމްޕޭނެއް ހިންގަން ނިންމައިފިއެވެ.

އަންނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕޭނުގައި 15 ބައެއް ހިމެނެއެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ކެމްޕޭނުގެ މަގްސަދަކީ ދިވެހިންނާއި ދިވެހި އާދަކާދައަށް ބޭރުގެ ފަރާތްތަކުގެ ލޯބި ޖެއްސުމެވެ. އަދި ކެމްޕޭނުގެ ތެރެއިން ބޮޑަށް އިސްކަން ދޭނީ ރާއްޖޭގައި ހިނގާފައިހުރި ހާދިސާތައް، ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށް ޘަޤާފީ ކުލަވަރާ އެކު ގެނެސްދިނުމަށް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

"ސްޓޯރީ އޮފް މޯލްޑިވްސް" ގެ ހިމެނޭ ބައިތައް:

  1. ދިވެހި ވާހަކަ (ލޯކަލް ޕާޓްނަރަކާ އެކު ހިންގޭ އޮންލައިން ވީޑިއޯ ސީރީސް އެއް)

  2. ދިވެހިންގެ ދުލުން (ލޯކަލް ޕާޓްނަރަކާ އެކު ހިންގޭ އޮންލައިން ވީޑިއޯ ސީރީސް އެއް)
  3. ދިވެހި އާހިތަ (ފޭސްބުކްގައި ކުރިއަށް ގެންދާ ހަރަކާތެއް)
  4. ލޭ ނާރު (ކުޑަކުދިންނާ ގުޅޭ ގޮތަށް ތައްޔާރު ކޮށް، ލޯކަލް ޕާޓްނަރަކާ އެކު ހިންގޭ އޮންލައިން ވީޑިއޯ ސީރީސް އެއް)
  5. ދިވެހި ރާގު (ފޭސްބުކްގައި ކުރިއަށް ގެންދާ ހަރަކާތެއް)
  6. ދިވެހި ކުޅިވަރު ވާހަކަ (ލޯކަލް ޕާޓްނަރަކާ އެކު ހިންގޭ އޮންލައިން ވީޑިއޯ ސީރީސް އެއް)
  7. މަގޭ ދަތުރު (ފޭސްބުކްގައި ކުރިއަށް ގެންދާ ހަރަކާތެއް)
  8. އެފްއޭއެމްއާ ގުޅިގެން ސޭންޑް ބޭންކް ފުޓްސަލް މެޗެއް ބޭއްވުން
  9. އުފެއްދުންތެރި މާކެޓިން އިވެންޓުތަކެއް ބޭއްވުން
  10. ޑެސްޓިނޭޝަން ވީޑިއޯ 2017 އުފެއްދުން
  11. ޑެސްކްޓޮޕް ކަލަންޑަރު އަދި ވޯލްޕޭޕާ އުފެއްދުން
  12. ސޯޝަލް މީޑިއާގައި ރާއްޖޭގެ ތަސްވީރުތައް އިތުރަށް ޕްރޮމޯޓުކޮށް ފުޅާ ކުރުން
  13. ސެލެބްރިޓީ ޕްރެސް ޓްރިޕްސް
  14. މޯބައިލް ގޭމް އެޕްލިކޭޝަން ޑިވެލޮޕް ކުރުން
  15. މާޗަންޑައިޒިން ޕާޓްނާޝިޕް

މި ކެމްޕޭނުގެ ތެރޭގައި ހިމެނޭ ސަބް ކެމްޕޭންތައް ހިންގާނެ ފަރާތްތައް ހޯދުމަށް އެމްއެމްޕީއާރުސީން ދަނީ މިހާރު އިއުލާންކުރަމުންނެވެ. މިއީ އެ ކޯޕަރޭޝަނުން އެފަދަ ކެމްޕޭނެއް ހިންގާ ފުރަތަމަ ފަހަރެވެ.