ރެއާލް މެޑްރިޑަށް ކުޅެން ބޭނުންނުވާ ކަމަށާއި ބާސެލޯނާ ދޫކޮށްފައިދާނީ ހަމައެކެނި އާޖެންޓީނާގެ ކްލަބަކަށް ކުޅުމަށްކަމަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ ބުނެފި އެވެ.

މިދޔަ ހަފުތާގައި 24 އަހަރު ފުރުނު މެސީ، ފަހަކަށް އައިސް ދުވަހަކުވެސް ބާސެލޯނާ ދޫނުކުރާނެކަމަށް އަންނަނީ ބުނަމުންނެވެ. ނަމަވެސް މީޑިއާގައި ރެއާލް މެޑްރިޑާއި އިންޓަ މިލާންއިން މެސީ ހޯދަން މަސައްކަތްކުރަމުންދާކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.

ބާސެލޯނާގެ ޒުވާން ޓީމުގަ އާއި ސީނިއާ ޓީމުގައި ރަން ދުވަސްތަކެއް ހޭދަކޮށްފައިވާ މެސީގެ ކުރިއަށްއޮތް ދުވަސްތައްވެސް ހޭދަކުރާނީ ބާސެލޯނާގައިކަމަށް ބުނީ ކޮލަމްބިއާ ނޫހަކަށެވެ.

"އަހަރެން ބާސެލޯނާ ދާކޮށްލައިފިނަމަ ހުންނާނީ އާޖެންޓީނާ ކްލަބެއްގައި. އާޖެންޓީނާއިން އަހަރެން ރިޓަޔަވެސް ކުރާނީ. އަހަރެން ރެއާލްއަކަށް ވެސް ނޫނީ އެހެން ކްލަބަކަށް ވެސް ދާކަށް ބޭނުމެއް ނޫން. އަހަރެން ބާސެލޯނާގައި މިހިރީ ހިތްހަމަޖެހިގެން އުފަލާއިއެކު. އާޖެންޓީނާގެ ކްލަބަކަށް ދިއުމުގެ ކުރިން ކުޅޭނީ ބާސެލޯނާއަށް." މެސީ ބުންޏެވެ.

ޗުއްޓީ ހޭދަކުރުމަށް މިމަހު ކުރީކޮޅު މެސީ އަމިއްލަ ގައުމަށް ގޮސްހުއްޓާ ކުޑަކުއްޖަކުވަނީ މެސީއަށް ހަމަލާދޭން ވެސް މަސައްކަތްކޮށްފަ އެވެ.