ޖަރުމަނުވިލާތުގެ އުފެއްދުމެއް ކަމުގައިވާ ފިޝާ ފިކްސިންއާ ބެހޭ ޓެކްނިކަލް މައުލޫމާތު، ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރުމަށް ސޮނީ ހާޑްވެއާއިން ސެމިނާއެއް ބާއްވައިފި އެވެ.

މި ސެމިނާ ބާއްވާފައި ވަނީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި އިއްޔެ އެވެ. ސޮނީ ހާޑްވެއާ އިން ބުނި ގޮތުގައި އެ ސެމިނާގައި ރާއްޖޭގެ ބޮޑެތި ކޮންސްޓަރަކްޝަން ކުންފުނިތަކުންނާއި، އާކިޓެކްޓުން އަދި އިންޖިނިއަރުން ބައިވެރިވި އެވެ. އަދި ފިޝާ ބްރޭންޑުގެ ޕްރޮޑަކްޓުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނީ ފިޝާ އެކަޑަމީގެ ޖަރުމަނުގެ ޓްރެއިނަރުން ކަމަށް ވެސް ސޮނީ ހާޑްވެއާއިން ބުންޏެވެ.

ފިޝާ ބްރޭންޑުގެ ޕްރޮޑަކްޓުތައް ލިބެން ހުންނާނީ ސޮނީ ހާޑްވެއާ ޕްރޮފެޝަނަލް ފިހާރައިންނެވެ. ފިޝާ ފިކްސިން ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ އާލާތްތަކަކީ އެންމެ އާދައިގެ އެއްޗެހި ހަރުކުރުމުން ފެށިގެންގޮސް ބްރިޖް އަދި ޓަނަލްތަކުގައި ވެސް ބޭނުންކުރާ އިތުބާރުހުރި ތަކެއްޗެވެ.

ފިޝާގެ މުކޮޅު އަދި އެންކަލް ބޯލްޓުގެ އެންމެ ބޮޑު ތަފާތަކީ މިތަކެއްޗަކީ ޔޫރަޕިއަން ޓެކްނިކަލް އެޕްރޫވަލް ލިބިފައިވާ ތަކެތި ކަމަށްވުމާ އެކު، ކޮންމެ އެންކަބޯލްޓަކަށް ނެގެނީ ކިހާވަރެއްގެ ލޯޑެއްކަމާ، އަދި އެހެނިހެން ބޭނުންތެރި ޓެކްނިކަލް މައުލޫމާތު ފަސޭހައިން އެގެން ހުންނަ ތަކެތި ކަމަށްވުމެވެ.

އެ ބްރޭންޑުގެ ފްރީ ސޮފްޓެއަގެ އެހީގައި އިންޖިނެރުން އަދި ކޮންޓްރެކްޓަރުންނަށް އަމިއްލައަށް ލޯޑް ކަލްކިޔުލޭޓްކޮށް، ބޭނުންވާ އެންކާގެ އަަދަދު ބަލައިލެވެ އެވެ. އެއާ އެކު ހަރުކުރާ ތަކެތި ފެއިލްނުވާނެކަމުގެ ޔަގީންކަން ލިއްބައި އެފަރާތަށް ލިއްބައިދެ އެވެ.