އާދަޔާ ޚިލާފު ބާރުމިނެއްގައި ޑެންގޫ ހުން ފެތުރެމުންދާތީ މަދިރި ކޮންޓްރޯލް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕްރޮގްރާމް އަންނަ ހަފްތާގައި އިފްތިތާޙުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ޕްރޮގްރާމް ހިންގެވުމަށް ވެސް ނިންމި ކަމަށެވެ.

އެ ޕްރޮގްރާމް އެކުލަވައިލެއްވުމަށް ޓަކައި ވަޒީރުންގެ ކޮމިޓީއެއް މިއަދު ހޮވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.