އަމީނިއްޔާ ސްކޫލް މިދިއަ އަހަރުގެ ބެސްޓް އޯލްރައުންޑަރުކަން މަނާލް މުހައްމަދު މަދީހު ހޯދައިފި އެވެ.

އަމީނިއްޔާގެ މިދިއަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި މަނާލްގެ ނަން އިއުލާން ކުރި އިރު ކުޅިވަރާއި ކިޔެވުމަށް އެންމެ ރަނގަޅު ހައުސް އަކަށް ހޮވިފައިވަނީ އާމިނާ ރާނީ ހައުސް އެވެ. ބެސްޓް އޯލްރައުންޑް ހައުސް އަކަށް ހޮވުނީ ވެސް އާމިނާ ރާނީ ހައުސް އެވެ.

އިއްޔެ ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ އެވެ. ޑރ. ޒުލްފާ ވިދާޅުވީ ދަރިވަރުން އުންމީދުތައް ކުރުމަށާއި އެ އުންމީދުތައް ފުރިހަމަ ކުރަން މަސައްކަތް ކުރުމަށެވެ.
މިދިޔަ އަހަރު ރާއްޖޭގެ ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން އެޑިޔުކޭޝަނުންދޭ "ޓޮޕް އެޗީވާސް އެވޯޑް" ގަދަ ދިހައެއްގައި ހިމެނެނު ޖުމްލަ ދަރިވަރުންގެ ތެރެއިން 25 ޕަސެންޓް ދަރިވަރުންނަކީ އަމީނިއްޔާ ދަރިވަރުންނެވެ.