28 Jun 2011, 15:04
ރާއްޖޭގައި އަންހެނުންގެ ކުޅިވަރުތައް ދިރުވާ އާލާކުރަން "ޑިވެލޮޕްމަންޓް އޮފް ވިމެންސް ސްޕޯޓްސް" ގެ ނަމުގައި އޮލިމްޕިކް ކޮމެޓީން ސެމިނާއެއް ފަށައިފި އެވެ.
މާލޭގައި މިއަދު ފެށި ސެމިނާއާބެހޭ ގޮތުން އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެއްޓްރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ، ސެމިނާގައި ޖުމްލަ 34 ފަރާތުން ބައިވެރި ވެފައިވާއިރު، ސެމިނާ ކުރިއަށް ގެންދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ސެމިނާގައި ލެކްޗާ ދެއްވަނީ މެލޭޝިއާގެ ދެ ތަޖުރިބާކާރުންގެ އިތުރުން ރާއްޖޭގެ ތިން ބޭފުޅެކެވެ. އެގޮތުން ޑރ. އާމާލް އަލީ އާއި ޖަމީލާ އާއި އަދި އޮލިމްޕިކް ކޮމެޓީގެ ނައިބް ރައީސް ޑރ. ހުސެއިން ހަލީމް ހިމެނެ އެވެ.