19 Feb 2017, 13:51
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އިންޓަ ކޮލެޖް ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ވިލާ ކޮލެޖާއި ގައުމީ ޔުނިވާސިޓީ ހޯދައިފިއެވެ.
ކޮލެޖް އަދި ޔުނިވާސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ އެ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ވިލާ ކޮލެޖުން ހޯދިއިރު، އަންހެން ޗެމްޕިއަންކަން ހޯދީ ގައުމީ ޔުނިވާސިޓީއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ރަނަރަޕް މަގާމު ގައުމީ ޔުނިވާސިޓީ ހޯދިއިރު، ތިންވަނަ ހޯދީ މައި ކޮލެޖްއެވެ. އަންހެން ޑިވިޝަންގެ ރަނަރަޕް މަގާމު ވިލާ ކޮލެޖް ހޯދިއިރު، ތިންވަނަ ހޯދީ މައި ކޮލެޖްއެވެ.
އެ މުބާރާތް ކުރިއަށްގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބީޗް ވޮލީ ކޯޓުގައެވެ.