18 Feb 2017, 00:24
ޕޮލިސް ކަސްޓޯޑިއަލް ފަޅާލައި، ފިލި ހުރިހާ ކުށްވެރިން ހޯދައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކަސްޓޯޑިއަލުން ފިލި އެންމެން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Male' Custodial in bayaku fili massalaigai himeney huriha faraaiathah hoadhai, e massala fuluhun annany thahgeegu kuramun.
— Maldives Police (@PoliceMv)February 17, 2017
ސަން އަށް އެނގިފައިވާގޮތުގައި ޕޮލިސް ކަސްޓޯޑިއަލް ފަޅާލާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެތަނުން ފަސް ކުށްވެރިން ވަނީ ފިލައިފައެވެ. އޭގެތެރޭގައި ދިގު މުއްދަތެއްގެ ޖަލު ހުކުމްކޮށްފައިވާ ބައެއް މީހުން ވެސް ހިމެނެއެވެ.
އެމީހުން ހައްޔަރުކުރީ ކޮންއިރަކު ކަމެއް ފުލުހުން ނުބުނެއެވެ.
އާސަހަރާ ފުރަގަހުގައި ހުންނަ ޕޮލިސް ކަސްޓޯޑިއަލް ފަޅާލައި ކުއްވެރިންތަކެއް ފިލާފައިވާއިރު، އެތަނަކީ 24 ގަޑިއިރު ފުލުހުން ބަލަހައްޓަމުން އަންނަ ތަނެކެވެ.