12 May 2010, 10:17
14:30
މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 6.2 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދެ ލައްކަ އަށްޑިހަ ހާސް ދުއިސައްތަ ފަންސާސް އަށް ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އޭޕްރީލް މަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔޫރަޕްގެ ގައުމުތަކުން ކަމަށާއި އެގޮތުން ޔޫރަޕްގެ ގައުމުތަކުން ދެ ލައްކަ ހަތްސަތޭކަ ފަންސާސް ނުވަ ފަތުރުވެރިން ރާއްޖެއައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން އަދި ބުނީ އެވްރެޖް ގޮތެއްގައި ފަތުރުވެރިން ރާއްޖެގައި ހޭދަކޮށްފައި ވަނީ 8.3 ދުވަހު ކަމަށެވެ.
މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު 0.4 އިންސަންތަ އިތުރު އަދަދެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.