އިންޓަ ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލްގެ ދެ ވަނަ ރީތި ރަށް ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ތިން ވަނަ މެޗްގައި ބަނޑޮސް އައިލެންޑް ރިސޯޓާއި ބައްދަލުކޮށް ރީތިރަށް ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރު ކުރީ ސީދާ ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ރީތިރަށުގެ ސެޓްތައް ގެންދިޔައީ، ފުރަތަމަ ސެޓް 25-18 އިން ދެ ވަނަ ސެޓް 25-22 އިންނެވެ. ފަހު ސެޓްގައި ރީތިރަށުން ބަނޑޮހުގެ މައްޗަށް ކާމިޔާބު ހޯދީ 25-23 އިންނެވެ.

މި މެޗްގެމޮޅު ކުޅުން ތެރިޔާގެ މަގާމަށް ހޮވުނީ ރީތި ރަށުގެ އަސްފާގް އާދަމް އެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނީ މާދަމާ ހަވީރު އެވެ. ފައިނަލްގައި ރީތި ރަށާއި ދެކޮޅަށް ނުކުންނާނީ ސެމީގެ ފުރަތަމަ މެޗް ކާމިޔާބުކުރި ތާޖެވެ.

ކުށުގެ އިސްލާހު:
މިހަބަރު ޝާއިއު ކުރި އިރު ކުރިން ފައިނަލްގެ ދެވަނަ ޖާގަ ގެންދިޔައީ ބަނޑޮސްކަމަށް ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ވީމާ އެ ކުށަށް ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ.