ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް އެކްޒިބިޝަން ކަމުގައިވާ ސައުތް އޭޝިއަން ޓްރެވަލް ޓްރޭޑް އެކްޒިބިޝަން (ސާޓޭ)ގައި ދިވެހި 15 ކުންފުންޏަކާ އެކު މަޓާޓޯއިން ބައިވެރިވެއްޖެ އެވެ.

ސާޓޭ ފެއާ ކުރިއަށް ދަނީ އިންޑިއާގައި، ދިއްލީގެ ޕްރަގަތީ މައިދާންގަ އެވެ. ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެ ފެއާގައި މަޓާޓޯ މެދުވެރިކޮށް ބައިވެރިވި ކުންފުނިތަކުން 21 މީހުން އެ ފެއާގައި ހަރަކާތްތެރި ވެއެވެ.

ސާޓޭގައި ބައިވެރިވާ ފަރާތްތައް:

  • އަމިއްލަ ފުށި

  • ބަނޑޮސް މޯލްޑިވްސް
  • ބްލޫ ހޮރައިޒަން
  • ކެނަރީފް ރިސޯޓު މޯލްޑިވްސް
  • ގިލި ލަންކަންފުށި
  • ގްލޯބަލް މޭކް ޕްލޭން
  • ކަނޑިމާ މޯލްޑިވްސް
  • ލަކްސް *ސައުތް އަރި އެޓޯލް
  • މަލާހިނި ކުޑަ ބަނޑޮސް
  • މެގަ މޯލްޑިވްސް އެއާލައިން
  • ސަން ސިޔާމް ރިސޯޓްސް
  • ޓްރެވެލާސް ސްޓްރީޓް
  • ޓޫ ސްޓާ މީދޫ މޯލްޑިވްސް
  • ވެލާ ޕްރައިވެޓް އައިލެންޑް
  • ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް

އެ ފެއާގައި ދުނިޔޭގެ 35 ގައުމަކާއި އިންޑިއާގެ 28 ސްޓޭޓަކުން 750 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ. މިއީ މިއަހަރު ތެރޭގައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއާތަކުގެ ތެރެއިން މަޓާޓޯއިން ބައިވެރިވާ ދެވަނަ ފެއާ އެވެ.

ސާޓޭ ފެއާގެ އިތުރުން މިއަހަރު ދެން އެންމެ އަވަހަށް އޮންނަ ޓްރެވަލް ފެއާ އޮންނާނީ އަންނަ މަހުގަ އެވެ. އެއީ ރިޔާދު ޓްރެވަލް ފެއާއެވެ. ސާޓޭއާ އެކު މި އަހަރު ތެރޭގައި މަޓާޓޯއިން ޖުމްލަ އަށް ފެއާއެއްގައި ބައިވެރިވުމަށް ވަނީ ހަމަޖައްސާފައެވެ.

އިންޑިއާގެ ނިއު ދިއްލީގައި ފެށި އެ ފެއާ މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.