ސަތާރަ ވަނަ ސާކް ސަމިޓާ ގުޅިގެން ހަ ސަފާރީ ކުއްޔަށް ނެގުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިންް ނިންމައިފިއެވެ.

އޭސީސީން މިއަދު ނެރުނު ތަހުގީގުގެ ބަޔާނުގައި ކަނޑައަޅާފައި ވަނީ، އަައްޑޫގައި ބޭއްވި ސާކް ސަމިޓުގައި ކަނޑުމަގުން ދަތުރުކުރުމަށް ކުއްޔަށް ހިފި ސަފާރީތައް ކުއްޔަށް ހިފާފައިވަނީ ދަައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަމަށް ނިންމެން ނެތް ކަމަށެވެ.

މި މައްސަލައިގައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އިއުލާނުކޮށްފައި ނުވުމުން އެއީ މައްސަލަ އަކަށް ނުވާކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައި ވެއެވެ. ސަބަަބަކީ ސާކް ސަމިޓަށް ގައުމުތަކުން އަންނަ ފަރާތްތަކަށް ކުރިޔާލާ ދެ ރިސޯޓަކުން އެކޮމޮޑޭޝަން ހަމަޖައްސާފައިވަނިކޮށް އެގައުމުތަކުން ފަހުން އިތުރަށް މީހުން އަންނަ ގޮތަށް ހަމަޖެއްސުމުންނެވެ. އޭގެ ސަބަބުން ސަރުކާރަށް ލިބިދާނެ ހުތުރު ނަމަކުން ސަލާމަތްވުމަށް ހަ ސަފާރީ އަކުން ޖާގަ ހަމަޖެއްސުމުން އެ މައްސަލާގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން އެ ގައުމުތަކުން ސާކް ސަމިޓަށް އިތުރު ފަރާތްތަކެއް އަންނަ ގޮތަށް ހަމަޖެހެހުންކަން އެނގުނީ ވަރަށް ކުޑަ މުއްދަތަކަށް ވެފައިވަނިކޮށް ކަމަށް ވުމުން، އިއުލާން ކޮށްގެން ހިދުމަތްދޭނެ ފަރާތްތައް ހޯދުމުގެ މުއްދަތު ނެތްކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

ހުރިހާ ސަފާރީތަކަށް އެޑްވާންސްކޮށް އަގުގެ 50 ފަސެންޓް ދިނީ، އެ ފައިސާ ދިނުމުން ނޫނީ ހިދުމަތް ފޯރުކޮށްދެވެން ނެތް ކަމަށް އެ ކުން ފުނިތަކުން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ކޮމެޓީގެ މެންބަރުންނާ މަޝްވަރާ ކުރުމަށްފަހު ހުއްދަ ލިބިގެން ކަމަށް ބުނެފައި ވެއެވެ. އެހެެން ކަމަށް ވުމުން ސަފާރީތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އޭސީސީން ނިންމީއެެވެ.