27 Jun 2011, 21:05
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނާއި، ސަރުކާރުގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް މާދަމާ ކުޅޭނެ ކަމަށާއި ސަރުކާރުގެ ޓީމުގެ ކެޕްޓަނަކަށް ހުންނަވާނީ ރައީސް މުހައްމަދު ނަޝީދު ކަމަށް އެޕާޓީން ބުނެފި އެވެ.
ސަރުކާރުގެ ޓީމާ ވާދަކުރާ ޕާލިމެންޓްރީ ގްރޫޕްގެ ޓީމުގެ ކެޕްޓަނަކީ އެ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިޙް (އިބޫ) އެވެ.
ޮޕާޓީގެ ވެބްސައިޓުގައިވާ ގޮތުގައި އެ މެޗު ކުޅޭނީ މާދަމާ ހަވީރު 4.00 ގައި ގަލޮޅު ރަސްމީ ދަނޑުގައި އެވެ. އެ މެޗު ބެލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށް ވެސް އެޕާޓީން ބުނެ އެވެ.
މި މެޗުގައި ކުޅޭ ކުޅުންތެރިންގެ ޖާޒީ ނީލަންކިޔާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.