12 May 2010, 05:01
10:00
ދީނީ އެއްބައިވަންތަކަމާ ބެހޭ ގަވާއިދުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަނުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނާ ވާހަކަތައް އެކޮމިޝަނުން ދޮގުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ގެޒެޓްގައި ޝާއިއުކޮށްދިނުމަށް އެދި ރައީސް އޮފީހަށް ފޮނުވާފައިވާ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގަވާއިދުގައި ޕޮލިސީ މައްސަލަތަކެއް ހުރި ކަމަށް ބުނެ، އެޗްއާރްސީގެ ފަރާތުން ރައީސް އޮފީހަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް އެވާހަކަތައް ދޮގުކޮށް އެޗްއާރުސީގެ ވެބްސައިޓްގައި ބުނެފައިވަނީ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަށްޓަކައި އެކުލަވާލައިފައިވާ ޢާއްމު އުޞޫލުތައް ބަޔާންކުރާ ޢާއްމު ޤަޥާއިދާ ބެހޭ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކަށް އެ ކޮމިޝަނުން ފޮނުވާފައިނުވާ ކަމަށާއި އަދި ހަޤީޤަތާ ހިލާފް ވާހަކަތައް މީޑިއާގައި ގެނެސްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.