13 Feb 2017, 12:44
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، ރިސާޗް އެންޑް އިނޮވޭޝަން ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ ހއ. ދިއްދޫ، ތިލަދޫ، ޑރ. މަރްޔަމް ޝަހްނީޒާ ނަސީރެވެ.
ޑެޕިއުޓީ ވައިސް ޗާންސެލަރު (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް)ގެ މަގާމުގައި މިހާރު ހުންނެވީ އަލީ ރަޝީދެވެ. އަދި ޑެޕިއުޓީ ވައިސް ޗާންސެލަރު (އެކަޑަމިކް އެފެއާޒް)ގެ މަގާމުގައި ހުންނެވީ ހައްވާ ލަތީފެވެ.