13 Feb 2017, 10:19
ސޯސަން މަގުގައި ހުންނަ، ހ. ފޭދޫގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ރޯވެފައިވަނީ، އެ ގޭގެ ތިިން ވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ލަކުޑިތަކެއްގައެވެ.
އެ ހާދިސާގައި ލަކުޑިތަކުގައި ރޯވުމުގެ އިތުރުން އިތުރު ގެއްލުމެއް ލިބިފައިނުވާއިރު، އެއްވެސް މީހަކަށްވެސް ގެއްލުމެއް ވެފަ އެއް ނުވެއެވެ.

ސޯސަން މަގުގައި ހުންނަ، ހ. ފޭދޫގޭގެ ތިންވަނަ ފަންގިފިލާގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގުމުން ސިފައިންނާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގައިގެން ރިޕޯޓު ކޮށްފައިވަނީ، މިއަދު ހެނދުނު 9:20 ހާއިރު ކަމަށެވެ.
އެ ހާދިސާ ހިނގި ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ދިޔަ އިރު، އަލިފާން ގަނޑު ވަނީ ނިއްވާލާފައެވެ.