ކުރު ޗުއްޓީ އަކަށް ރާއްޖެއައި ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ، ޗުއްޓީ ނިންމާލުމަށް ފަހު މަސައްކަތަށް ތައްޔާރުވެގެން ރާއްޖެއިން ފުރައިފިއެވެ.

މީގެ ފަސް ވަރަކަށް ދުވަސް ކުރިން ސޮނާކްޝި ރާއްޖެ އައިސްފައި ވާއިރު، ޗުއްޓީ ހޭދަކޮށްފައި ވަނީ ކޮކޯ ބޮޑު ހިތި ރިސޯޓުގައެވެ. ސޮނާކްޝީ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.

ސޮނާކްޝީ ވަނީ އެކިއެކި މޫދު ކުޅިވަރުތަކުގައި ވަގުތު ހޭދަކޮށްފައެވެ. އެގޮތުން ސްނޯކްލިންއަށް ގޮސް ކަނޑު އަޑީގެ ދިރުންތަކާ އެކު ނަގާފައިވާ ފޮޓޯތައް ވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ފޮޓޯތަކުގައި ރާއްޖޭގެ ރީތިކަމަށް ތައުރީފު ކޮށްފައި ވާއިރު، ދުވަހަކު ވެސް ރާއްޖެ ދޫކޮށް ދާން ބޭނުން ނުވާކަމަށް ވެސް ވަނީ ބުނެފައެވެ.

ރާއްޖެއިން ފުރައިގެން އެނބުރި މުމްބާއީއަށް ދިއުމަށް ފަހު ވެސް ސޮނާކްޝީ ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ. ފޮޓޯ ކެޕްޝަންގައި ބުނެފައި ވަނީ މީހާ އެކީ ތާޒާވެ، "ރީޗާޖް" ވެފައިވާ ކަމަށާއި މަސައްކަތަށް އެނބުރި ދިއުމަށް ތައްޔާރު ކަމަށެވެ.

މިއީ ސޮނާކްޝީ ރާއްޖެއައި ފުރަތަމަ ފަހަރެއް ނޫނެވެ. އަދި ރާއްޖެ ހިމެނެނީ ސޮނާކްޝީއަށް އެންމެ ކަމުދާ މަންޒިލްގެ ގޮތުގައެވެ.

ޗުއްޓީ އަށް ފަހު ސޮނާކްޝީ ދެން ފަށާނީ ސިދާރްތު މަލޯތުރާ އާއެކު ފިލްމު "އިއްތިފާގް" ގެ މަސައްކަތެވެ.