27 Jun 2011, 15:45
އިޓާލިއާން ސީރިއާގެ ޕަލާމޯއަށް ކުޅެމުންއަންނަ އާޖެންޓީނާ ތަރި ޖާވިއާ ޕާސްތޯރްގެ އެޖެންޓް ބާސެލޯނާއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ޕާސްތޯރް ހާމަކޮށްފި އެވެ.
ބާވީސް އަހަރުގެ ޕާސްތޯރް ޕަލާމޯއިން 44.5 މިލިޔަން ޕައުންޑަށް ވުރެ ދަށް އަގަކަށް އެއްވެސް ކްލަބަކަށް ދޫނުކުރާނެ ކަމަށް އެކްލަބުގެ ރައީސް މޯރިޒިއޯ ޒަމްޕަރިނީވަނީ މީޑިއާ އަށް ހާމަކޮށްފަ އެވެ.
އެޖެންޓާއި ބާސެލޯނާއާ ދެމެދު ވާހަކަދެކެވެމުންދާ ކަމަށް ޕާސްތޯރް ހާމަކޮށްފައި ވަނީ އާސެނަލްގެ ކެޕްޓަން ސެސް ފެބްރިގާސްގެ އާއަގު އާސެނަލްއަށް ބާސެލޯނާ އިން ހުށަހެޅާފައިވާ ދަނޑިވަޅުގަ އެވެ. ފެބްރިގާސްގެ އިތުރުން ގިނަ ކްލަބްތަކަކުން ހޯދުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންއަންނަ ސަންޗޭޒް ބާސެލޯނާއަށް އަންނަކަމުގެ 80 އިންސައްތައިގެ އިޝާރާތެއްވެސް ވަރަށް ފަހުންވަނީ ލިބިފަ އެވެ.
"އަހަރެންގެ ކުރިމަގާއިބެހޭ އެއްވެސް އެއްޗެއް އަހަރެންނަކަށް ނޭނގޭ. އަހަރެންގެ އެޖެންޓް ބާސެލޯނާ އަދި އެހެން ކްލަބްތަކަކާއި ވާހަކަ ދައްކަމުން އެދަނީ. އޭނާ ކަންތައްކުރާނީ އަހަރެންނަށް އެންމެ ރަނގަޅުވާނެ ގޮތަށް." ޕާސްތޯރް ބުންޏެވެ.
"އަހަރެން މިހާރު މިހުރި ޕަލާމޯ ސިޓީއަކީ ވަރަށް އަރާމު ސިޓީއެއް. މިތަނުގެ ކަނޑާއި މޫސުން އަހަރެންނަށް ވަރަށް ކަމުދޭ." ޕަލާމޯގައި ހިތްހަމަޖޭކަން ފާހަގަކުރަމުން ޕާސްތޯރް ބުންޏެވެ.
ޗެލްސީ އަދި ރެއާލް މެޑްރިޑުން ވެސް އޭނާ ހޯދަން މަސައްކަތްކުރަމުން އަންނަކަމަށް ވެސް ޕާސްތޯރް ހާމަކުރި އެވެ.