ޕެންޝަން ފައިސާ ދައްކާފައިނުވާތީ ޖޫރިމަނާއާ އެކު ޖުމްލަ 448،320 ރުފިޔާ ޕެންޝަންް ސުކީމަށް ދައްކަން ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ސިވިލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ އާރު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ މައްޗަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނިން ޕެންޝަނަށް ފައިސާ ދައްކާފައިނުވާ ކަމަށް އެކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން ޕެންޝަން ފައިސާ ނުދެއްކުމުންނާއި ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޓް ގަވާއިދުން ހުށަހަޅާފައިނުވާތީ ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާއާ އެކު ޖުމްލަ 448،320 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކު ވެސް އެ މަހަކު ދައްކަންޖެހޭ ވަރު ޕެންޝަން އޮފީހަށް ދައްކައި ޚަލާސްކުރުމަށް އެހުކުމްގައި އެކުންފުންޏަށް ވަނީ އަންގައިފަ އެވެ.