11 Feb 2017, 19:59
އައްޑޫ ސިޓީގެ ހިތަދޫގައި ބިދޭސީ އަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 15:00 ހާއިރު މަރުވެފައި އޮތް ބިދޭސީއަކު ފެނިފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، ފުލުހުންނަށް ރިޕޯޓު ކުރީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކަމަށެވެ.
އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާހު ސައީދު "ސަން" އަށް ވިދާޅުވީ އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށާއި މިހާރު އެމީހާގެ ހަށިގަނޑު އޮތީ މޯޗަރީގައި ކަމަށެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެއީ ބަންގްލަދޭޝް ރައްޔިތެކެވެ. އަދި އޭނާ މަރުވެފައިވަނީ އައްޑޫ ގެއެއްގެ ތެރޭގައި ކަމަށްވާއިރު، އޭނާ އުޅެމުން އައީ ގަވާއިދާ ޚިލާފަށެވެ،
މިކަމާ ބެހޭ އިތުރު މައުލޫމާތެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.