11 Feb 2017, 19:46
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ރައީސް މައިތިރްޕާލާ ސިރިސޭނާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުމުގެ ތަފްސީލް އެނގިފައި ނުވި ނަމަވެސް ރައީސް ނަޝީދު ވަނީ ސިރިސޭނާއާ ބައްދަލުކުރެއްވި ފޮޓޯ އެމަނިކުފާނުގެ ޓްވިޓާގައި އާންމުކުރައްވާފައެވެ.
Great pleasure to call on H.E President@MaithripalaS.pic.twitter.com/61qxRJazTh
— Mohamed Nasheed (@MohamedNasheed)February 11, 2017">
Great pleasure to call on H.E President@MaithripalaS.pic.twitter.com/61qxRJazTh
— Mohamed Nasheed (@MohamedNasheed)February 11, 2017
އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ސްރީލަންކާއަށް ވަޑައިގެން ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެގައުމުގައި ހުންނަވައިގެން ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވައި ދިވެހި ސަރުކާރަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ.
ސިރިސޭނާއާ މިއަދު ނަޝީދު ބައްދަލުކުރެއްވި އިރު މިއީ އެމަނިކުފާނު ސިރިސޭނާއާ ބައްދަލުކުރައްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ނަޝީދު، ރައީސް ސިރިސޭނާއާ ބައްދަލުކުރެއްވީ 2015 ވަނަ އަހަރު ސިރިސޭނާ ވެރިކަމާ ހަވާލުވެވަޑައިގަތްތަނާ އެވެ.