10 Feb 2017, 11:11
ސީޒަން ފެށުމުގެ ކުރިން ޓްރެއިނިން ކޭމްޕް އަކަށް ނިއު ރޭޑިއަންޓްސް ސްޕޯޓްްސް ކްލަބުން ހއ. ކެލާއަށް ހިނގަށްޖެއެވެ.
މިއަދު ހެނދުނު ނިއު އިން ކެލޭއަށް ގޮސްފައިވާއިރު އެ ޓީމު އެރަށުގައި މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް މަޑުކުރާނެއެވެ. ކެލޭގައި ހޭދަކުރާ އަށް ދުވަހުގައި ނިއު އިން ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ކެލޭ ޓީމާ ދެކޮޅަށް ނިކުންނައިރު ދެވަނަ މެޗުގައި 17 ވަނަ ދުވަހު ނިއުއިން ނުކުންނާނީ އެ އަތޮޅު މުރައިދޫ ޓީމާ ދެކޮޅަށެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އެފްއޭ ކަޕްގެ ޗެމްޕިއަން ކްލަބް ވެލެންސިއާ ބައްދަލު ކުރާ ޗެރިޓީ ޝީލްޑް މެޗުން މިއަހަރުގެ ސީޒަން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު އެންމެ ވަރުގަދައަށް ތައްޔާރުވާ އެއް ޓީމަކީ ނިއު ރޭޑިއެންޓެވެ.
ނިއު ރޭޑިއަންޓަކީ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނަށް ހެދުމަށް އަލަށް ހަވާލުވި ބޯޑުން ވަނީ ރިކޯޑް ބަޖެޓެކާއެކު ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފަ އެވެ. އޭގެ ތެެރޭގައި ރާއްޖޭގެ ކުޅުންތެރިންގެ އިތުރުން ބިދޭސީ ފަސް ކުޅުންތެރިން ވެސް ވަނީ ގެނެސްފައެވެ.
ނަމަވެސް އެފްއޭއެމެގް ގަވާއިދު ބުނާ ގޮތުން ޓީމުގައި ހިމެނޭނީ ބިދެސީ ހަތަރު ކުޅުންތެރިންނެވެ. އެހެން ކަމުން ކެލާ ދަތުރަށްފަހު ޓީމް ލިސްޓް ފައިނަލް ކުރާއިރު ބިދޭސީ އެއް ކުޅުންތެރިޔަކު ފޮނުވާލާނެ އެވެ.