އޭއެފްސީ ޗެމްޕިއަންސް ލީގް ނުވަތަ އޭޝިއަން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ގޮތުން ކުޅުނު މެޗުން، އާޖެންޓީނާގެ ކާލޯސް ޓެވޭޒް ކުޅެމުންދާ ޗައިނާގެ ޝަންހާއި ޝެންހުއާ އެފްސީ ބަލިވެ މުބާރާތަށް ކޮލިފައިނުވެ ކަޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ޝެންހުއާ ބަލިވީ 0-2ގެ ނަތީޖާ އަކުން އޮސްޓްރޭލިއާގެ ބްރިސްބޭން ރޯރ އަތުންނެވެ.

ޝެންހުއާގެ އަމިއްލަ ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ 11ގައި ހިމެނި ޓެވޭޒް ވަނީ މެޗު ފުރިހަމަކޮށްފައެވެ. ނަމަވެސް އުމުރުން 32 އަހަރުގެ ފޯވާޑްގެ ފަރާތުން ވަނީ އޭނާގެ ކުރީގެ ކުޅުން ދެއްކޭގޮތް ނުވެފައެވެ.

އިއްޔެގެ މެޗުގައި ބްރިސްބޭންގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރާއިރު ޓެވޭޒް އަދި މާޓިންސް މާޔޫސްވެފައި ---

ބްރިސްބޭންގެ ފުރަތަމަ ގޯލު މެޗު ފެށިގެން ދެވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ޒުވާން ފޯވާޑް ބްރެންޑޮން ބޮރެއްލޯއެވެ. ދެބަނަ ގޯލު 40 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ޓޮމީ އޯއާއެވެ.

ބްރިސްބޭންއިން ދެ ގޯލުގެ ލީޑެއްގައި ކުޅެމުންދިޔައިރު ދެވަނަ ހާފްގައި ޝެންހުއާ އިން ވަނީ ގޯލެއް ކާމިޔާބުކުރެވޭތޯ ގިނަ މަސަތްކަތްތަކެއް ކޮށްފައެވެ. ޝެންހުއާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކުރީގެ އިންޓަރ މިލާންގެ ނައިޖީރިއާ ފޯވާޑް އޮބިފަމީ މާޓިންސްއަށެވެ. ނަމަވެސް ބްރިސްބޭންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް މާޓިންސް ފޮނުވާލި އިރު އެބޯޅަ ވަނީ ކީޕަރުގެ އަތުގައި ޖެހި އަރިމަތީ ދަނޑީގައި ޖެހި ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެވެ.

އޭޝިއަން ޗެމްޕިއަންސް ލީގުން ޝެންހުއާ އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް މިފަހަރުގެ ސީޒަނަށް އެންމެ ބޮޑު ހޭދައެއް ކުރި ޝެންހާއި އެސްއައިޕީޖީން ވަނީ މުބާރާތަށް ކޮލިފައިވެފެއެވެ. އެޓީމުން ވަނީ ބްރެޒިލްގެ އޮސްކާ އަދި ހަލްކް ވެސް ބޮޑު މުސާރައަކަށް ގެންގޮސްފައެވެ.