27 Jun 2011, 12:09
އަންނަ މަހު އެއް ވަނަ ދުވަހު އާޖެންޓީނާގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް އާޖެންޓީނާގެ ޓީމް ނެގި އިރު، ސްކޮޑްގައި ލިއޮނަލް މެސީ އާއި ކާލޯސް ޓެވޭޒް ހިމެނީ މުބާރާތުގެ މުހިންމު ކަމަށް ބަލާފައިވާ ކަމަށް އާޖެންޓީނާގެ ކޯޗު ސާޖިއޯ ބަޓިސްޓާ ބުނެފި އެވެ.
އާޖެންޓީނާގެ ކޯޗު ސާޖިއޯ ބަޓިސްޓާ، ސްކޮޑް23 ކުޅުންތެރިންނަށް މަދުކުރުއިރު އުނިކޮށްފައި ވަނީ އެ ޤައުމުގެ ލީގުގައި ކުޅޭ ތިން ކުޅުންތެރިންނެވެ. އެކުޅުންތެރިންނަކީ ޑިއެގޯ ވެލެރީ، އެންޒޯ ޕެރޭޒް އަދި ލޫސިއާނޯ މޮންޒޮން އެވެ.
ގުރޫޕް ސްޓޭޖްގެ މެޗުތައް ތިން ގުރޫޕަކަށް ބަހާލައިގެން ކުޅޭ މިމުބާރާތް ހުޅުވާ މެޗުގައި އަންނަ ހުކުރު ދުވަހު އާޖެންޓީނާ ނިކުންނާނީ ބޮލީވިއާ އާ ދެކޮޅަށެވެ. މިއީ ގުރޫޕް –އޭގެ މެޗެކެވެ. އޭ ގުރޫޕްގައި މި ދެ ޓީމުގެ އިތުރުން ދެން ވާދަ ކުރާނީ ކޮލަމްބިއާ އާއި ކޮސްޓަރިކާ އެވެ.
ބީ ގުރޫޕްގައި ހިމެނެނީ ބްރެޒިލް، ވެނެޒުއޭލާ، ޕެރަގުއޭގެ އިތުރުން އިކުއެޑޯ އެވެ. ސީ- ގުރޫޕް އެކުލެވިގެންވަނީ އުރުގުއޭ، ޕެރޫ، ޗިލީ އަދި މެކްސިކޯގެ މައްޗަށެވެ.
އާޖެންޓީނާ އާއި ބުރެޒިލަކީ މިމުބާރާތުގެ ފޭވަރިންޓުންގެ ގޮތުގައި ބެލެވޭ ދެ ޓީމެވެ.
އާޖެންޓީނާގެ ސްކޮޑް
ގޯލްކީޕަރުން: ހުއާން ޕަބްލޯ ކަރިޒޯ (ރިވަރޕްލޭޓް)، މަރިއާނޯ އަންޖަރ (ކަޓާނިއާ)، ސާޖިއޯ ރޮމޭރޯ (އޭ.ޒެޑް އަލްކްމާރު)
ޑިފެންޑަރުން: އެޒެކުއިލް ގަރޭ (ރިއަލް މެޑްރިޑް)، ޕަބްލޯ ޒަބަލޭޓާ (މެންޗެސްޓާ ސިޓީ)، ނިކޮލަސް ބާޑިސޯ (ރޯމާ)، ގަބްރިއެލް މިލިޓޯ (ބާސަލޯނާ)، ހާވިއާ ޒަނޭއްޓީ (އިންޓަ މިލާން)، ނިކޮލަސް ޕަރޭޖާ (ސްޕާޓަކް މޮސްކޯ)، މާކޮސް ރޮޖޯ (ސްޕާޓަކް މޮސްކޯ)
މިޑްފީލްޑަރުން: އެސްޓެބަން ކެމްބިއާސޯ (އިންޓަ މިލާން)، ހާވިއާ މަސަރާނޯ (ބާސަލޯނާ)، ލޫކަސް ބިގްލިއާ (އަންޑަލެކްޓް)، ހާވިއާ ޕެސްޓޯ (ޕަލާމޯ)، އިވާ ބަނޭގާ (ވެލެންސިއާ)، ފެނާންޑޯ ގަގޯ (ރިއަލް މެޑްރިޑް)
ފޯވާޑުން: ސާޖިއޯ އަގުއޭރޯ (އެތުލެޓިކޯ މެޑްރިޑް)، އެންޖަލް ޑި މާރިއާ (ރިއަލް މެޑްރިޑް)، ގޮންޒާލޯ ހިގުއެއިން (ރިއަލް މެޑްރިޑް)، ލިއޮނެލް މެސީ (ބާސަލޯނާ)، ކާލޯސް ޓަވޭޒް (މެންޗެސްޓާ ސިޓީ)، އެޒެކުއިލް ލަވެޒީ (ނަޕޮލީ)، ޑިއެގޯ މިލިޓޯ (އިންޓަ މިލާން)