ކިންގް ސައިޒް ބެޑްރޫމް ސެޓެއް ލިބޭ ޕްރޮމޯޝަނެއް ރެއިންބޯ އިން ފޭސްބުކްގައި ފަށައިފި އެވެ.

އެކުންފުނިން ބުނި ގޮތުގައި މި ކޮންޓެސްޓުގައި ބައިވެރިވުމަށްރެއިންބޯ ފޭސްބުކް ޕޭޖަށް"ލައިކް" ކުރުމަށް ފަހު މަގުވެގެން ފަސް ބޭފުޅުން ޕޭޖުގައިވާ "ލައިކް އެންޑް ކޮމެންޓް ޝެއާ އެންޑު ވިން" ބެޑްރޫމް ސެޓް ޕޯސްޓުގައި ޓެގު ކުރެއްވުމަށް ފަހު އެޕޯސްޓް އެ ބޭފުޅެއްގެ ޓައިމްލައިނަށް ޕަބްލިކްކޮށް ޝެއާކުރައްވަން ޖެހޭނެ އެވެ.

މި ކޮންޓެސްޓުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކުރިއަށްގެންދަން ހަމަޖައްސާފައިވާ އިރު ކޮންޓެސްޓުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ލިބޭ އިނާމަކީ ކިންގު ސައިޒުގެ ބެޑުރޫމް ސެޓެކެވެ.

ރެއިންބޯއަކީ ހާޑްވެއާ ސާމާނާއި ފަރުނީޗަރު އަދި ކުލައާއި ދަވާދުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކުންފުންނެކެވެ.