ބީލަމު އުސޫލުން ގދ. އަތޮޅުގެ 27 ފަޅުރަށެއް ވަރުވާއަށް ދޫކުރަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ރަށްތަކުގެ ބިޑު ފޯމު އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 20ގެ ނިޔަލަށް އެ މިނިސްޓްރީން ލިބެން ހުންނާނެ ކަމަށެވެ.

ޕްރޮސެސިން ފީ މި މަހުގެ 27 އިން އަންނަ މަހުގެ 2ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް ބުނި އިރު، ފޯމެއްގެ އަގަކީ 20 ރުފިޔާ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ގދ. އަތޮޅުން ބީލަމު އުސޫލުން ވަރުވާއަށް ދޫކުރަން ނިންމާފައިވާ ފަޅުރަށްތަކުގެ ލިސްޓެއް ތިރީގައި އެވަނީ އެވެ.

  • އާކިރާހުއްޓާ (7.5 ހެކްޓަރު)

  • އެކުރުކާރަޓާ (10.98 ހެކްޓަރު)
  • އޮއިނިގިއްލާ (12.3 ހެކްޓަރު)
  • ވެލަގަލާ (1.9 ހެކްޓަރު)
  • މާރެހާ (1.3 ހެކްޓަރު)
  • ފަރެދޫ (0.8 ހެކްޓަރު)
  • ފާހުއްޓާ (3.1 ހެކްޓަރު)
  • ފާނަހުއްޓާ (0.2 ހެކްޓަރު)
  • ފެރޭތަވިލިގިއްލާ (1.4 ހެކްޓަރު)
  • ދަޓެކެރަނަހުއްޓާ (0.7 ހެކްޓަރު)
  • ދަޓެމުލައިދޫ (0.5 ހެކްޓަރު)
  • ދިއްމަނާ (0.6 ހެކްޓަރު)
  • ލިފަދޫ (2.2 ހެކްޓަރު)
  • ހަކަންޑޫ (5.8 ހެކްޓަރު)
  • ހަޑާދޫ (ދެ ހެކްޓަރު)
  • ހައްވެއްޔަރަޓާ (0.7 ހެކްޓަރު)
  • ހާދުވާ (7.9 ހެކްޓަރު)
  • ރާބަޑާފެހިރަޓާ (0.8 ހެކްޓަރު)
  • ކާފަރަޓާ (0.2 ހެކްޓަރު)
  • ކަންޑައްދޫ (0.5 ހެކްޓަރު)
  • ކަޅެރެހާ (8.5 ހެކްޓަރު)
  • ކަޑެވާރެހާ (4.3 ހެކްޓަރު)
  • ކުދެހާދުވާ (0.2 ހެކްޓަރު)
  • ކުދެބީރާހުއްޓާ (0.4 ހެކްޓަރު)
  • ކުދެމަތައިދުވާ (0.3 ހެކްޓަރު)
  • ކޮޑެގަލާ (4.71 ހެކްޓަރު)
  • އަތިހުއްޓާ (14.67 ހެކްޓަރު)

ވަރުވާ އަށް ރަށްތައް ދޫކުރަނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅާފައިވާ ފަޅުރަށްރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްތައް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ފަޅުރަށްތަކުގެ ތެރޭން އެ މިނިސްޓްރީން ކަނޑައާޅާ ރަށްތަކެވެ. ވަރުވާ އަށް ރަށެއް ދޫކުރެވޭނީ އެންމެ ގިނަ ވެގެން 10 އަހަރަށެވެ.