ޖިންސީ އަނިޔާ ލިބިފައިވާ ފަރާތްތަކަށް މާލީ އިނާޔަތެއް ދިނުމަށް ކަނޑައަޅައި އެއުސޫލް އާންމުކޮށްފި އެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އިއްޔެ އަމަލުކުރަން ފެށި އުސޫލުގެ ދަށުންއެއަނިޔާގެ ސަބަބުން ނަފްސާނީ ގޮތުން އުނދަގުލަކުން ސަލާމަތް ކޮށްދިނުމަށް ޓަކައި ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް ދޭނެ ވަކި އަދަދެއް ހާމައެއް ނުކުރެ އެވެ.

އެއުސޫލު ބުނާ ގޮތުން މާލީ އެހީ ދިނުމުގައި ބަލަނީ ޖިންސީ އަނިޔާ ލިބިފައިވާ މީހާއަށް ލިބިފައިވާ އަނިޔާގެ ކުޑަ ބޮޑު މިނަށެވެ. އަދި ޖިންސީ ކުށުގެ ޝިކާރައަކަށްވި މީހާ މިހާރު ހުރި ހާލަތައް ބަލަ އެވެ. އަދި ޝިކާރައަކަށްވި މީހާ މިހާރު ހުރި ހާލަތަށް ވެސް ބަލަ އެވެ.

ޖިންސީ އަނިޔާގެ ތެރޭގައި އެކިއެކި ޖިންސީ ގޯނާތައް ހިމެނެ އެވެ. އޭގެ ތެރޭގައި ރޭޕުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި ޖިންސީ ގޯނާ ލިބިފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވެސް ހިމެނެ އެވެ.

މާލީ އެހީތެރިކަމަށް އެދި ހުށައެޅެނީ އެއަނިޔާ ލިބިފައިވާ ފަރާތެއްގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށެވެ. ނަފްސާނީ މައްސަލަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ ހަ މަހަށެވެ.