ކާބުލް (ފެބްރުއަރީ 8): އަފްގާނިސްތާނުގެ ސުޕްރީމް ކޯޓު ކައިރީ އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 20 މީހަކު މަރުވެއްޖެ އެވެ.

އަފްގާން ސަރުކާރުން ބުނި ގޮތުގައި ވެރިރަށް ކާބުލްގައި ދިން އެހަމަލާގައި 41 މީހަކަށް އަނިޔާވި އިރު އެއެންމެންނަކީ އާއްމު ރައްޔިތުންނެވެ. އޭގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސް ކަމަށް ސަރުކާރުން ބުންޏެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެހަމަލާ ދިނީ ކޯޓުގައި މަސައްކަތް ކުރާ މީހުން ގެޔަށް ދާން އުޅުނު ވަގުތު ކޯޓުގެ ކާރު ޕާކު ކުރާ ސަރަހައްދުގަ އެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ.

ނަމަވެސް އަފްގާނިސްތާނަށް ފަހަކަށް އައިސް ގިނަ ހަމަލާތަކެއް ދީފައިވާ ތާލިބާނުން ވަނީ އެގައުމުގެ ސުޕްރީމް ކޯޓާއި ގާނޫނު ހަދާ މަޖިލިސް ކައިރިއަށް ހަމަލާދީފަ އެވެ.

އދ. އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ތަފާތު ހަމަލާތަކުގެ ސަބަބުން އަފްގާނިސްތާނުން މަރުވާ އާއްމުންގެ އަދަދު ވަނީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ތިން ޕަސެންޓަށް އިތުރުވެފަ އެވެ. (ބީބީސީ)