07 Feb 2017, 16:26
ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މިއަދު އައިޖީއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، މަރުވެފައިވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އުމުރުން 51 އަހަރުގެ މީހެއްކަމުގައިވާ ސ. ފޭދޫ، ސްނޯ ވައިޓް ހަސަން ސައީދު ކަމަށެވެ.
އޭނާ މަރުވެފައިވަނީ ރޭ ދަންވަރު މޭގައި ރިއްސާތީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނޭވާ ނުލެވިގެން މެޝިންގެ އެހީގައި ނޭވާލެއްވުމަށް މަސައްކަތް ކުރުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުފަހު 14:30 ހާއިރު އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ، ހަސަން ސައީދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 19 އިން ފެށިގެން 15 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ގެންދާ މީހެއް ކަމަށެވެ.
އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށެވެ.