Last Updated: 9 year 10 month ago
Last Updated:
9 year 10 month ago
އޭއެފްސީ ކަޕް(ފުލްޓައިމް): ވެލެންސިއާ 3-0 ތިމްޕޫ
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ކްލަބު ވެލެންސިއާއާއި ބޫޓާންގެ ތިމްޕޫ ސިޓީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރިންނަށް މަރުހަބާ!
މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗަށް ނުކުންނައިރު:
ބޫޓާންގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން.
- ފުރަތަމަ ލެގު މެޗު ބޫޓާންގައި ކުޅުނުއިރު ކުޅުންތެރިންނަށް ފިނީގެ އަސަރުކުރިންކަން ފާހަގަކޮށްލެވޭ. ބޫޓާން ކުޅުންތެރިންނަށްވެސް ފިނީގެ އުނދަގުލާ ކުރިމަތިލާން ޖެހުނު ކަމަށް ތިމްޕޫގެ ކޯޗު ބުނޭ.
- މިއަދު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ޕްލޭއޯފް ބުރުގެ ޖާގައެއް ލިބޭނެ. އެ މެޗުން އެއްވަރުވިޔަސް ތިންޕޫއިން ލަނޑެއް ޖަހައިފިނަމަ، ޕްލޭއޯފް ބުރުގެ ޖާގަ ލިބޭނީ ތިމްޕޫއަށް.
މެޗު ނިމިއްޖެ.
ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ބޭރުން ރިލޭއަށް ލިބުނު ބޯޅަ ވަރަށް ރީތިކޮށް، އެޓީމުގެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި، ވަދެ ގޯލް ތެރެއަށް ފޮނުވާލީ.
"90+2- ވެލެންސިއާ ތިން ވަނަ ލަނޑު ޖަހައިފި. މި ލަނޑު ކާމިޔާބުކޮށްދިނީ ރިލޭ.
ހަމްދާން ދިން ބޯޅަ ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕްރިންސް ވަނީ ރީތިކޮށް ގޯލުގެ ތެރެއަށް ފޮނުވާލާފައި.
'85- ވެލެންސިއާއިން ލީޑު ފުޅާކޮށްފި. ވެލެންސިއާއަށް އެލަނޑު ކާމިޔާބުކޮށްދިނީ ޗިނޯންޔޭ ޗިންޑާ ޕްރިންސް.
ހަމްދާން އެ ލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ އޭރިޔާތެރެއިން ތިމްޕޫގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ވެސްޓް ދިން ރީތި ބޯޅައަކުން. ހަމްދާންއަށް ބޯޅަ ލިބުމުން އޭނާ ވަނީ ތިމްޕޫގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ގޯލުގެ ކަނަށް ބޯޅަ ފޮނުވާލާފައި.
'78- ވެލެންސިއާއިން ލީޑު ހޯދައިފި. ވެލެންސިއާއަށް އެލަނޑު ކާމިޔާބުކޮށްދިނީ ހަމްދާން އިބްރާހިމް.
'72 ވެލެންސިއާގެ އޮމޮދޫ ގޮޑްފްރޭ ވެސްޓްއަށް ރީނދޫ ކާޑެއް ދައްކައިފި.
'69- ތިމްޕޫއިން ބަދަލެއް. އޯޖީޔެންގެ ބަދަލުގައި ކުޅެން ނުކުތީ ދިވާޝް ސުބާ.
'67- ވެލެންސިއާއިން ބަދަލެއް. ތަސްނީމްގެ ބަދަލުގައި ކުޅެން ނުކުތީ ހަމްދާން އިބްރާހިމް.
'60- ނިހާން ފޮނުވާލި ހަމަލާ ތިމްޕޫގެ ކީޕަރު ޖަމްޕެލް މަތަކޮށްފި.
'59- ތަސްނީމް ނަގައިދިން ހުރަސް، ތިމްޕޫ ޑިފެންޑަރެއް ފައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިން ބޯޅަ ނިމާ ވަންގްޑީ ދިފާއުކޮށްފި.
'55- ވެލެންސިއާގެ ތަސްނީމް ނަގައިދިން ކޯނަރަކުން ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، ކުޑައްޓޭ ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒެއްނުވި.
'51- ތިމްޕޫއަށް ފުރުސަތެއް. ޝާފީ އަތުން ގެއްލުނު ބޯޅަ ހިފައިގެން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ޗެންޗޯ ޗެލްޓްސަން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއްނުވި.
'49- ތިމްޕޫއަށް ފުރުސަތެއް. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޝާފީއާއި ކުޑައްޓޭ ކައިރިން ކަޓުވާލުމަށްފަހު ޝެޑްރަޕް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'46- ވެލެންސިއާއަށް ފުރުސަތެއް. ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ބޭރުން ތަސްނީމް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ވެލެންސިއާއިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވޭ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ތިން މިނެޓްގެ ކުޅުން ދައްކައިފި.
'44- ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ބޭރުން ވެސްޓް އުފެއްދި ހަމަލާ ގޯލާ އަމާޒެއްނުވި. އެ ހަމަލާގައި ބާރެއް ނެތް.
'42- ވެލެންސިއާއަށް ފުރުސަތެއް. ނިހާން ދިން ބޯޅަ، ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރީތިކޮށް ކޮންޓްރޯލް ކޮށްލައި، ކައިރީ ހުރި ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ވެސްޓް އުފެއްދި ހަމަލާ ކީޕަރު ޖަމްޕެލް ވަނީ މަތަކޮށްފަ. ވެސްޓްގެ އެ ހަމަލާ، ތިމްޕޫގެ ޖިގްމޭގެ ފައިގައި ވެސް ޖެހިފައިވޭ.
'41- ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވެސްޓް ހުރަސްކޮށްލި ބޯޅައަކުން ރިލޭ އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި. އޭރު އޭނާ ކައިރީ ކަރަން ގުރުންޖް ވަނީ ވިއްދާފައި.
'37- ވެލެންސިއާއަށް ކައިރިކައިރީގައި ފުރުސަތުތަކެއް. ކޯނަރަކުން ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައިން ޝާފީ އުފެއްދި ހަމަލާ ކީޕަރު ޖަމްޕެލް ވަނީ މަތަކޮށްފަ. ރީބައުންސް ބޯޅައިން ޕްރިންސް އުފެއްދި ހަމަލާ، ތިންޕޫގެ ޑިފެންޑަރެއް ގައިގައި ޖެހި ވަނީ ބްލޮކްވެފަ.
'36- ތަސްނީމް ދިން ބޯޅައަކުން ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ބޭރުން އުފެއްދި ހަމަލާ ޗެންޗޯ ގައިގައި ޖެހި ބްލޮކްވެއްޖެ.
'32- ޗެންޗޯ ޗެލްޓްސެން ދިން ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޝެޑްރަޕް އުފެއްދި ހަމަލާ ކީޕަރު ފައިސަލް މަތަކޮށްފި. އެ ހަމަލާ އުފައްދަން އުޅުމުގެ ތެރޭގައި ޝެޑްރަޕްއަށް ވަނީ ފައިސަލަށް ފައުލްކުރެވިފައި.
'26- ވެލެންސިއާއަށް ފުރުސަތެއް. ތަސްނީމް ނަގައިދިން ހުރަހެއް ކޮންޓްރޯލް ކޮށްލުމަށްފަހު ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ބޭރުން ރިލޭ އުފެއްދި ހަމަލާ، ކީޕަރު ޖަމްޕެލް ވަނީ މަތަކޮށްފަ.
'25- ނިހާން ނަގައިދިން ހުރަސް، ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރިލޭގެ ފައިގައި ރަނގަޅަށް ލައްވައެއް ނުލި.
'19- ވެލެންސިއާގެ ވެސްޓް، ތިމްޕޫގެ ތިން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ދިން ބޯޅައިން ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ބޭރުން ޕްރިންސް އުފެއްދި ހަމަލާގައި ބާރެއް ނެތް. އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ، ބޭރަށް.
މެޗުގެ 15 މިނެޓްގެ ކުޅުން ނިމުނުއިރު، ރަނގަޅު ކުޅުމެއް ދައްކައި ވެލެންސިއާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައި.
'10- ވެލެންސިއާއަށް ފުރުސަތެއް. ޕްރިންސް ދިން ބޯޅައަކުން ވެސްޓް އުފެއްދި ހަމަލާ، ކީޕަރު ޖަމްޕެލް މަތަކޮށްފި. ވެސްޓްގެ ހަމަލާ ދިޔައީ ތިމްޕޫގެ ޑިފެންޑަރުން ގައިގައި ޖެހިފައި.
'06- ވެލެންސިއާއަށް އިތުރު ފުރުސަތެއް. ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވެސްޓް އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު ޖަމްޕެލްއާ ދިމާލަށް.
'04- ވެލެންސިއާއަށް ރަނގަޅު ފުރުސަތެއް. ތަޝްނީމް ނަގައިދިން ހުރަހަކުން ތިމްޕޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރިލޭ ބޮލުން އުފެއްދި ހަމަލާ ތިމްޕީގެ ކީޕަރު ވަނީ މަތަކޮށްފަ.
ތިމްޕޫގެ ފުރަތަމަ 11:
އެންގަވާންގް ޖަމްޕެލްް - ގޯލްކީޕަރު
- ޖިގްމޭ ޝެރިންގް ޑޯޖީ
- ޗެންޗޯ ޔެލްޓްސެން
- ކަރްމާ ޝެޑްރަޕް ޝެރިންގް
- އޯޖްޔެން ވަންގްޗުކް ޝެރިންގް
- ޝެރިންގް ވަންގްޑީ
- ނިމާ ވަންގްޑީ
- ޝެރިންގް ޑޯޖީ - ކެޕްޓަން
- ބިރެން ބަސްނެޓް
- ކަރަން ގުރުންޖް
- ޗެންޗޯ
ވެލެންސިއާގެ ފުރަތަމަ 11:
މުހައްމަދު ސިފާން
- އަހްމަދު ވިސާމް
- އަހްމަދު ރިލްވާން (ރިލޭ)
- ގޮޑްފްރޭ ވެސްޓް އޮމޮދޫ
- ހުސައިން ނިހާން
- މުހައްމަދު ތަޝްނީމް
- ޗިނޯންޔޭ ޕްރިންސް ޗިންޑާ
- ހިސާމް ސަލީމް
- މުހައްމަދު ފައިސަލް - ގޯލްކީޕަރު
- އަހްމަދު ޝާފިއު (ޝާފީ) - ކެޕްޓަން
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ތިމްޕޫއިން.