07 Feb 2017, 12:38
އުރީދޫއިން އިރޮސް އާއި ގުޅިގެން، މަގުބޫލު ކޮންޓެންޓް ޕްލެޓްފޯމް "އިރޮސް ނައު" ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
އެ ކުންފުނިން މިއަދު ބުނީި އެ ޚިދުމަތް މެދުވެރިކޮށް، ބޮލީވުޑްގެ ފިލްމުތަކާއި އިންޑިއާގެ ވީޑިއޯ އަދި އޯޑިއޯ ކޮންޓެންޓްގެ އެންމެ ބޮޑު ކަލެކްޝަން އިންޓަނެޓް ޑިވައިސްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އިރޮސް ނައުގެ އެޑެޕްޓިވް ސްޓްރީމިން ފީޗާ މެދުވެރިކޮށް ސްމާޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާކްގައި، ބޮލީވުޑްގެ ފިލްމުތަކާއި ޓީވީ ސީރީސްތައް، ވީޑިއޯ އަދި އޯޑިއޯ ކޮންޓެންޓް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދި އެއްވެސް އިސްތިހާރެއް ނުވަތަ މެދުކެނޑުމަކާ ނުލާ ތަޖުރިބާކޮށްލެވޭނެ އެވެ،" އުރީދޫން ބުންޏެވެ.
މީގެ އިތުރުން، ކޮންޓެންޓް ޑައުންލޯޑް ކުރެއްވުމަށްފަހު، އޮފްލައިންކޮށް ވެސް މި ޚިދުމަތް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ވަނީ އިރޮސް ނައު އަށް ސަބްސްކްރައިބް ކުރުމަށް ތިން ޕެކޭޖެއް ތައާރަފްކޮށްފަ އެވެ.
އުރީދޫއިން ތައާރަފްކޮށްފައިވާ ޑެއިލީ ޕެކޭޖުން މި ހިދުމަތަށް ދެ ރުފިޔާ ނަގާ އިރު ހަފްތާއެއްގެ ޕެކޭޖަށް 15 ރުފިޔާ ނަގާނެ އެވެ. އަދި މަހަކަށް ނަމަ 60 ރުފިޔާ އެވެ.