07 Feb 2017, 08:55
މުޅިދުނިޔެކުޑަކޮށްލައި،ކޮންމެއިންސާނެއްގެހަޔާތުގެއެކިދިމަދިމާލުންބޮޑެތިކަންކަން،އިންޓަނެޓުންދަނީކޮންމެދުވަހަކު ވެސްފަސޭހަކޮށްދީ،ހިތްގައިމުކޮށްދެމުންނެވެ.އެހެންނަމަވެސްއިންޓަނެޓުގެފަސޭހަތަކާއެއްގޮތަށް،އޭގެނާޖާއިޒުފައިދާ ވެސްބަޔަކުމީހުންދަނީނަގަމުންނެވެ.ޒުވާނުންނާއި،ވިޔަފާރިވެރިންނާއިއެތައްކުޑަކުދިންނެއްދަނީއެކިއެކިމަޅިތަކުގައިޖައްސަމުންނެވެ.
އިންޓަނެޓަކީއޭގެޒާތުގައިނުބައިނުލަފާއެއްޗެއްނޫނެވެ.ނަމަވެސްނުބައިވަނީ،ބަޔަކުމީހުންއެބޭނުންކުރާމަގްސަދެވެ.އިންޓަނެޓުގެރައްކާތެރިމާހައުލެއްގާއިމުކުރުމަށްކޮންމެއަހަރަކު ވެސްފެބްރުއަރީމަހުގެހަތްވަނަދުވަހު،"ސޭފާއިންޓަނެޓްޑޭ"ނުވަތަ"ރައްކާތެރިއިންޓަނެޓުގެދުވަސް" ބައިނަލްއަގްވާމީ ފެންވަރުގައިފާހަގަކުރެ އެވެ.މިއަހަރުގެމިދުވަހުގެޝިއާރުންގޮވާލަނީ،ތަފާތުގެނައުމަށެވެ.އަދިރަނގަޅުއިންޓަނެޓުގެމާހައުލެއްގާއިމުވުމަށްއެންމެންއެކަތިގަނޑަކަށްވުމަށެވެ.
އިންޓަނެޓުއެންމެންނަށްވެސްހުޅުވާލެވިފައިވާއިރު،ކުޑަކުދީންނަށްވެސްއެއީމައުލޫމާތުގެޚަޒާނާއެކެވެ.ނަމަވެސްކުޑަކުދީންނަށް ޝިކާރަކުރާ ބަޔަކުވެސް އިންޓަނެޓުގެ އެކި ދިމާތަކުގައި އުޅެ އެވެ.
އިންޓަނެޓަކީ އޭގެ ޒާތުގައި ނުބައި އެއްޗަކަށް ނުވިޔަސް، ބައެއް މީހުން އެ ބޭނުންކުރާ މަގްސަދު ވަރަށް ނުބައެވެ. އިންޓަނެޓު މެދުވެރިކޮށް ކުޑަކުދިން ޖިންސީ ޝިކާރައަށް ހަދައި، އެކުދީންނަށް ބަދުއަޚުލާގީ އަމަލުތައް ދައްކައި ހެދުންފަދަ ކަންކަން ބަޔަކު މީހުން ކުރެ އެވެ. ގިނަ ފަހަރަށް މިފަދަ ހާލަތްތައް ދިމާވަނީ ކުޑަކުދީން އިންޓަނެޓު ބޭނުންކުރާ އިރު، ބެލެނިވެރިން ބަލަންވާ ވަރަށް ނުބަލައި، ވާ އިހުމާލުންނެވެ.
އިންޓަނެޓަކީ ހުޅުވާލެވިފައިވާ ދުނިޔެއެކެވެ. މައުލޫމާތުގެ ޚަޒާނާއެއް ކަމަށް ބުނާ އިރު، އެއީ ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ޚިޔާލެއް ފާޅުކުރުމަށް ލިބިފައި އޮންނަ މާލަމެކެވެ. ބޭނުން އެއްޗެއް ކިއިދާނެ އެވެ. މީހުންގެ އަބުރަށް އަރައިގަތުމާއި، ވަކިން ޚާއްސަކޮށް ފުރާވަރުގެ ކުދީން އެކަކު އަނެކަކާ އިންޓަނެޓުގައި ގަނާކޮށް އުޅެއެވެ. ނުވަތަ ތިމާ ނުރުހޭ، ނުވަތަ ތިމާއަށް ބަލައިގަންނަން ދަތި ވާހަކައެއް އެހެން މީހަކު ދައްކައިފި ނަމަ "ޖައްސާލައިގެން" އުޅެ އެވެ. އެހެން ނަމަވެސް އިންޓަނެޓު ބޭނުންކުރާއިރު ވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، ތިމާގެ މިނިވަންކަން، އަނެކާގެ ހައްގާ ހަމައިން ނިމޭކަމެވެ.

އެކަކު އަނެކަކަށް ކަމޭހިތައި، އިހްތިރާމުކޮށް، ގުޅިގެން އަދި ފަރުވާތެރިކަމާ އެކު އިންޓަނެޓުގެ ބޭނުން ކުރުމުން އެފަދަ ކަންކަމެއް ނުހިނގާނެއެވެ. ކޮންމެ މީހަކީ ވެސް ކާކުކަން، އިންޓަނެޓުގެ ބައެއް ހިސާބުތަކުގައި ވެބްސައިޓުތަކަށް ހާމަކުރަން ޖެހޭ ހާލަތްތައް އާދެއެވެ. ޚާއްސަކޮށް ސޯޝަލް ނެޓްވޯކުތަކުގަ އެވެ. ނަމަވެސް އެހެން މީހުންނަށް ފެންނާނީ ތިމާގެ ޒާތީ މައުލޫމާތުން ކުރެ ކިހާ މިންވަރެއްކަން ކޮންޓްރޯލުކުރުމުގެ ބާރު ތިމާއަށް ލިބެ އެވެ. ނަމަވެސް ޒާތީ މައުލޫމާތު ހިއްސާ ކުރާ އިރު، އެކަންކަން ހިއްސާކުރެވެނީ އިތުބާރުހުރި ވެބްސައިޓުތަކަކާކަން ފުރަތަމަ ބަލާލުން މުހިންމެވެ. ފަހަރުގައި، ބަލަންވާ މިންވަރަށް ނުބަލައި، އިންޓަނެޓުގެ ނާޖާއިޒު ފައިދާ ނަގާ ބަޔަކާ ވެސް އެ މައުލޫމާތުތައް ހިއްސާ ކުރެވިދާނެތީ، އެކަމަށް ހުށިޔާރުވާން ޖެހެ އެވެ.
މައުލޫމާތުގެ ޚަޒާނާއެކޭ ބުނި ނަމަވެސް، އޭގައި ހިމެނޭ ހުރިހާ މައުލޫމާތު ސައްހައެއް ނުވާނެ އެވެ. އަދި އޭގެން ދިމާވާ އެންމެންނަކީ އިޚްލާސްތެރިންނަށް ވެސް ނުވާނެ އެވެ. މީގެ ތެރޭގައި، އޮޅުވާލައިގެން ފައިސާ ހޯދުމަށް، ނުވަތަ ތިމާގެ ކޮމްޕިއުޓަރު ސިސްޓަމްގެ ސޮފްޓްވެއާ ކޮރަޕްޓް ކޮށްލުން ފަދަ ބޮޑެތި ލަނޑުތައް ދޭން ވެސް މަސައްކަތް ކުރާ ބަޔަކު އުޅޭނެ އެވެ. އެހެންކަމުން ތިމާއާ ބެހޭ މައުލޫމާތުތައް، އިންޓަނެޓުން ފެންނަ ކޮންމެ މީހަކަށް ދިނުމުގެ ކުރިން ދެވަނަ ފަހަރަށް ވިސްނާލަން ޖެހެ އެވެ.
ވެބްސައިޓުތަކަށް އިތުބާރުކުރާ އިރު ވެސް ހަމަ އެފަދައިން ވިސްނާލަން ޖެހެ އެވެ. އިންޓަނެޓު ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ނަމަވެސް، އިންޓަނެޓުގައި ތިމާ ކުރާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ ތިމާ އެވެ. އިންޓަނެޓު ބޭނުންކުރާ ކޮންމެ މީހަކު ވެސް، އެމީހެއްގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުން އިންޓަނެޓުގެ ރައްކާތެރިކަން ކަށަވަރުވާނެ އެވެ. އެހެންނަމަވެސް އޭގެ މާނައަކީ ސަމާލު ނުވާށެކޭ ނޫނެވެ. ރައްކާތެރި ތަނެއް ކަމުގައި ބުނި ނަމަވެސް، މާ ބޮޑަށް އިތުބާރު ދީގެން ނުވާނެ އެވެ. ގިނަ ބަޔަކު އުޅޭ ތަންތަނުގައި އުޅޭން ވާނީ އަމިއްލަ ރައްކަލަށް ވެސް ބަލައި، އެކަމަށް ހުށިޔާރުވެ، ސަމާލުވެގެންނެވެ.