ތެހެރާން: އަފްޣާނިސްތާނުގެ ދެކުނުގެ ލޮގާރު ސްޓޭޓްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 60 މީހުން މަރުވި ޓެރަރިސްޓް ޙަމަލާ، ރައީސް ޙާމިދު ކަރުޒާއި ކުށްވެރި ކުރައްވައިފި އެވެ.

އީރާނުގައި ކުރިޔަށްދާ ޓެރަރިޒަމާ އިދިކޮޅު މަހާސިންތާގެ އަރިަމަތީގައި ދެއްވި ބަޔާނެއްގައި ކަރުޒާއި ވިދާޅުވީ އެހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށާ އަފްޣާނިސްތާނާއި އަފްޣާނިސްތާނު ވަށައިގެންވާ ޤައުމުތަކަށް ޓެރަރިޒަމްގެ ބިރު މިހާތަނަށް ބޮޑުވެފައިނުވާ މިންވަރަށް މިދުވަސްވަރު އެކަމުގެ ބިރު ބޮޑުވެފައިވާ ކަމުގައެވެ.

އަފްޣާނިސްތާނުގެ ދެކުނުގެ ލޮގާރު ސްޓޭޓްގައި ގޮއްވާލި ބޮމުގެ ޒިންމާ އެއްވެސް ފަރާތަކުން އުުލާފައެއް ނުވެއެވެ.
ހޮސްޕިޓަލެެއްގެ ކުރިމަތީގައި ގޮއްވާލި އެބޮމަކީ ކާރު ބޮމެއް ކަމަށާ އެހަމަލާދިނީ ޖާނުގޮއްވާލައިގެން ކަމަށް އަފްޣާން ލޯކަލް މަސްއޫލުވެރިއަކު ވިދާޅުވެފައިވެއެވެ. އެޙަމަލާގައި 120 މީހަކު ޒަޚަމްވެފައިވެއެވެ. -- އަލްޖަޒީރާ