ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުން އައްޑޫ ސިޓީގެގަން އިންޓަނޭޝަނަލް އެއާޕޯޓަށްބާއްވާ ޑޮމެސްޓިކް ފްލައިޓުތަކަށް އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބޭ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ސްރީލަންކަން އެއާވޭސްއިން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ސްރީލަންކާގެ ކޮލޮމްބޯއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވެއެވެ. ސްރީލަންކާގެ ކޮލޮމްބޯއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ޓްރާންސިޓް މައި ނާރެހަކަށް ވާ އިރު، މާލެ ނައިސް އައްޑޫ ސިޓީގެ ގަމުން ފުރައިގެން ސްރީލަންކާއަށް ގޮސް، ދުނިޔޭގެ ކޮންމެ ދިމާލަކަށް ވެސް މިހާރު ދެވޭނެއެވެ.

ރާއްޖޭގައި ޑޮމެސްޓިކް ފްލައިޓު އޮޕަރޭޝަންސް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މޯލްޑިވިއަނުން އާންމުކޮށް ދަތުރުކުރީ ރާއްޖޭގެ އެކި އެއަޕޯޓުތަކާ މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުއެވެ. ނަމަވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ފެށުމާ އެކު، މިދިޔަ އަހަރުގެ ފަހުކޮޅު މޯލްޑިވިއަންއިން ބުނީ ދެކުނުގެ ތިން އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއަޕޯޓު، ކަމަށެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލްހާރިސް މިއަދު "ސަން" އަށް ވިދާޅުވީ، ދެކުނުގެ ތިން އެއާޕޯޓެއް ކަމުގައިވާ ލ. ކައްދޫ، ގއ. ކޫއްޑޫ އަދި ގދ. ކާޑެއްދޫ އެއާޕޯޓުން އައްޑޫއަށް ވައިގެ މަގުން ދަތުރުކުރުން ހުޅުވާލާފައި އޮތް ނަމަވެސް، އެކަމަށް މާ ބޮޑު ތަރުހީބެއް ނުލިބޭ ކަމަށެވެ.

"ދިވެހީން އަދި ބިދޭސީންނަށް ބަލާއިރު ވެސް ތަރުހީބު ވަރަށް ދަށްކޮށް އުޅެނީ،" ހާރިސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ހާރިސް ވިދާޅުވީ، އެކަށީގެންވާ ޑިމާންޑު އޮންނަ ދަތުރެއް ވިއްޔާ، ދެކުނުގެ ތިން އެއަޕޯޓުން ގަމަށް މޯލްޑިވިއަނުން އެ ދަތުރެއް ކޮށްދޭނެ ކަމަށެވެ.