އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ މެޗުގައި މާދަމާ ވެލެންސިއާއާ ދެކޮޅަށް ނިކުންނައިރު ބޫޓާންގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ބުރުގެ މެޗުން 0-0ގެ ނަތީޖާއަކުން އެއްވަރުވެފައިވުމަކީ އެޓީމަށް އޮތް އެޑްވާންޓޭޖެއް ކަމަށް ތެމްޕޫ ސީޓީގެ ކޯޗުު ޕަސަން ޝެރިން ބުނެފިއެވެ.

މާދަމާގެ މެޗުގެ ކުރިން މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގެ ޕްރެސް ރޫމްގައި ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ޝެރިން ބުނީ، އެގައުމުގައި ކުޅުނު މެޗުން ވެލެންސިއާއާ އެއްވަރިިކޮށްލުމުން ކުޅުންތެރިންނަށް އިތުބާރު ލިބުނު ކަމަށާއި މާދަމާ ނުކުންނާނީ ވެލެންސިއާ ބަލިކޮށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ކަމަށެވެ.

"އަހަރެމެންގެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ވަނީ މީގެ ކުރިން ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެފަ. އެކަމުގެ ފައިދާ ވެސް އަހަރެމެންގެ ޓީމަށް ކުރާނެ،" ޝެރިން ބުންޏެވެ.

ޝެރިން ބުނީ ބޫޓާނަށްވުރެން ދިވެހި ފުޓްބޯޅަ އޮތީ ކުރީގައި ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އެއްވެސް ކަހަލަ ޕްރެޝަރެއް ކުރިމައްޗެއް ނުވާނެ ކަމަށެވެ.

"ފިނީގައި ކުޅެން ޖެހުމަކީ އަހަރެންނަށް ވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް. ޖުމްލަ ގޮތެއްގައި ބޫޓާން ޓީމުތައް މޫސުން ރަނގަޅު ގައުމުތަކުގައި ކުޅޭ މެޗުތަކުން ތަފާތު ދައްކާ. އެކަމުގެ ފައިދާ މާދަމާ ވެސް ނަގާނަން،" ޝެރިން ބުންޏެވެ.

ވެލެންސިއާ އާއި ޓެމްޕޫ ބައްދަލުކުރާ ދެވަނަ ލެގްގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.