Back
Nov 23, 2025 SUN
SUN

ސިވިލް ކޯޓުން ޗިޓެއް ނުފޮނުވާ، މައްސަލަ އަލުން ވައްދާނަން: އެމްއެމްޕީއާރްސީ

ސިވިލް ކޯޓުން ޗިޓެއް ނުފޮނުވާ، މައްސަލަ އަލުން ވައްދާނަން: އެމްއެމްޕީއާރްސީ
Lead photo

އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން 10.7 މިލިއަން ޑޮލަރު (165 މިލިއަން ރުފިޔާ) ހޯދުމަށް ދައުވާކުރި މައްސަލައިގެ މިއަދު ބާއްވަން ތާވަލްކުރި އަޑުއެހުމަށް ހާޒިރުވާން އެމްއެމްޕީއާރްސީ އަށް ޗިޓް ފޮނުވާފައިނުވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ އޮފީހަށް ސިވިލް ކޯޓުން ޗިޓު ފޮނުވާފައިނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށްފައިވާތީ އަލުން މައްސަލަ ހުށަހަޅާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ދައުވާ ކުރީ އެ އެއްބަސްވުންތަކުގެ ދަށުން އެ ކުންފުންޏަށް އެސްއޯއެފް އިން ދޭންޖެހޭ 10.7 މިލިއަން ޑޮލަރު ދިނުމަށް އިންކާރުކޮށްފައިވާތީ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ފައިސާ އަކީ ހަމައެކަނި އެމްއެމްޕީއާރްސީގެ ކުރީގެ ވެރިން އެސްއޯއެފް އަށް ދިން ކަމަށް ލިޔެކިޔުމުން އެނގެން ހުރި ފައިސާ އެކަނި ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ މައި ހިއްސާރު، މުހައްމަދު އައްލާމް ލަތީފް ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics