Back
Nov 23, 2025 SUN
SUN

އެމްއެމްޕީއާރްސީން ކޯޓަށް ހާޒިރުނުވުމުން 10 މިލިއަން ޑޮލަރުގެ މައްސަލަ ބޭރުކޮށްލައިފި

އެމްއެމްޕީއާރްސީން ކޯޓަށް ހާޒިރުނުވުމުން 10 މިލިއަން ޑޮލަރުގެ މައްސަލަ ބޭރުކޮށްލައިފި
Lead photo

އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން 10.7 މިލިއަން ޑޮލަރު (165 މިލިއަން ރުފިޔާ) ހޯދުމަށް ދައުވާކުރި މައްސަލައިގެ އަޑުއެހުމަށް އެމްއެމްޕީއާރްސީން ހާޒިރުނުވުމުން ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލައިފިއެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ބަދަލުގައި ކޯޓަށް ހާޒިރުވާނެ ފަރާތެއްގެ ގޮތުގައި އެކުންފުނިން ކަނޑައަޅާފައިވާ ގއ. ދެއްވަދޫ، އަހުމަދު ނާޒިމް މުހައްމަދަށް މިއަދު ކޯޓަށް ހާޒިރުވުމަށް އަމުރު އެ ކޯޓުން ވަނީ ފޮނުވާފައި ކަމަށެވެ.

ނަމަވެސް މަގުބޫލު އުޒުރެއް ނެތި އެ އަމުރުގައިވާ ގަޑިއަށް ނާޒިމް ކޯޓަށް ހާޒިރުވެފައިނުވާތީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރަށް ރިއާޔަތްކޮށް އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކުރީ ކަމަށް އެ ހުކުމްގައި ވެއެވެ.

އެމްއެމްޕީއާރްސީން ދައުވާ ކުރީ އެ އެއްބަސްވުންތަކުގެ ދަށުން އެ ކުންފުންޏަށް އެސްއޯއެފް އިން ދޭންޖެހޭ 10.7 މިލިއަން ޑޮލަރު ދިނުމަށް އިންކާރުކޮށްފައިވާތީ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ފައިސާ އަކީ ހަމައެކަނި އެމްއެމްޕީއާރްސީގެ ކުރީގެ ވެރިން އެސްއޯއެފް އަށް ދިން ކަމަށް ލިޔެކިޔުމުން އެނގެން ހުރި ފައިސާ އެކަނި ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ މައި ހިއްސާރު، މުހައްމަދު އައްލާމް ލަތީފް ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics