06 Feb 2017, 13:30
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ބަންގްލަދޭޝް މީހެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ ހޯދަމުންދާ މީހާއަކީ، އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުޙައްމަދު ޙަފިޒުލް ކަމަށެވެ. އަދި އެމީހާ ހޯދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ޚިޔާނާތުގެ މައްސަލައަަކާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.
އެ މީހާއާއި ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322112 ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިލައްވަ އެވެ.